އިންޑިއާ އިން ވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

އިންޑިއާ އިން މިއަދު ވަނީ 117100 މީހުން ކޮވިޑަށް ފައްސިވިކަން އިއުލާން ކޮށްފައެވެ. އިންޑިއާގައި ވެސް މިހާރު ވަނީ އޮމިކްރޮން ވޭރިއަންޓް ފެތުރެން ފަށާފައވެެ. އިންޑިއާގެ 26 ސްޓޭޓަކުން މިހާތަނަށް އޮމިކްރޮން ވޭރިއަންޓް ވަނީ ފެނިފައެވެ. އިންޑިއާ އިން 302 މީހަކު ކޮވިޑް ޖެހިގެން މިއަދު މަރުވެފައި ވެއެވެ.

މިއަދަކީ ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި އިންޑިއާ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދުވެސް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވީ ކޮވިޑްގެ ހާލަތު މީގެ ކުރިން ވެސް އެންމެ ބޮޑަށް ގޯސްވެ މަހާރާޝްތުރަ އިންނެވެ. މަހާރާޝްތުރަ އިން 36265 މީހުން ވަނީ މިއަދު ފައްސިވެފައެވެ. މުމްބާއީ އިން 20181 މީހަކު ފައްސިވެފައިވެއެވެ.

ވެރިރަށް ނިއުދިއްލީން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 15000 މީހުން ފައްސިވެފައި ވެއެވެ. އެހެންކަމުން މިދަކީ މިދިޔަ އަހަރުގެ މެއި 08 ވަނަ ދުވަހަށް ފަހު ނިއުދިއްލީން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

އިއްޑިއާ އިން މިއަދު ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެ ފައްސިވި މީހުންގެ އަދަދާއި އަޅައި ބަލާއިރު %28 އިތުރުވެފައެވެ. އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ނިސްބަތައް ބަލާއިރު މިދިޔަ އަހަރު އެގައުމަށް ކުރިމަތިވި ފަދަ ހާލަތެއް އަނެއްކާވެސް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.

މިދިޔަ އަހަރު ފުރަތަމަ ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމާއިއެކު އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތައް ފުރި، އެތައް ބަޔަކަށް ފަރުވާ ނުދެވިގެން މަރުވިއެވެ.

ނަމަވެސް އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި މިދިޔަ އަހަރު ލިބުނު ތަޖުރިބާ އަށް ބަލާފައި ކޮވިޑްގެ އިތުރު ރާޅަކަށް އެގައުމު އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު