ޔުކްރޭންގެ ބޮޑުވަޒީރު ވުލަޑިމިއާ ޒެލެންސްކީއަށް ފާޑުކިޔަމުންދާ ބްލޮގަރެއް ޔުކްރޭނުން ގެއްލިއްޖެ އެވެ.

ޗިލީއާއި އެމެރިކާއަށް ނިސްބަތްވާ ބްލޮގަރު ގޮންޒާލޯ ލީރާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނެވެ.

ގޮންޒާލޯ އެންމެ ފަހުން ރިޕޯޓްކުރަމުން ދިޔައީ ޔުކްރޭންގެ ޚާރޯވް އިން އެވެ.

ގޮންޒޯލޯގެ ހަބަރެއް ނުވާއިރު މިދިޔަ އާދިއްތަ ދުވަހު ގެނެސްދިން އިނގިރޭސިވިލާތުގެ ކުރީގެ ޕާލަމަންޓް މެމްބަރު ޖޯޖް ގެލޮވީގެ ޓޯކް ޝޯއަށް ވެސް އަރަން އޭނާ ވެސް އޮތީ ނިންމައިފަ އެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވި އެވެ.

"އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ދެރަވެ ކަންބޮޑުވެފައި. ގޮންޒާލޯގެ ހިލަމެއް ނުވޭ އެއްގޮތަކަށް ވެސް" ޖޯޖް ގެލޮވީ ވިދާޅުވި އެވެ.

މަޝްހޫރު އެހެން ނޫސްވެރިން ކަމަށްވާ މެކްސް ބްލޫމެންތަލް އާއި ޑޭން ކޮހެން ވެސް ވަނީ ގޮންޒާލޯގެ ހަބަރެއް ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ނޫސްވެރިން ދެކޭ ގޮތުގައި ބަޔަކު ގޮންޒާލޯ ކިޑްނެޕްކުރުން ވަރަށް ގާތެވެ.

ގޮންޒާލޯ ޔުކްރޭންގައި ދިރުއުޅެމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ. ރަޝިއާއިން ޔުކްރޭންއަށް އެރިއިރު ގޮންޒާލޯ ދިރިއުޅެމުން ދިޔައީ ޔުކްރޭންގެ ވެރިރަށް ކިއޭވްގަ އެވެ. ނަމަވެސް ފަހުން ވަނީ ޚާރޯވް ބަދަލުވެފައެވެ، އެ ސަރަހައްދުން އޭނާ ދިޔައީ ޚަބަރުތައް ރިޕޯޓް ކުރަމުން ނެވެ.

ގޮންޒާލޯ ޔުކްރޭންގެ ހަބަރުތައް ގެނެސްދޭ ގޮތާ ދޭތެރޭ އެ ގައުމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭކަމަށް ގޮންޒާލޯ ކުރިން ބުނެފައި ވެއެވެ. އަދި ޔުކްރޭންގެ ސެކިއުރިޓީ ސާވިސްއިން ގޮންޒާލޯ "ގެއްލުވާލަން" މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު