އިންޑިއާގެ މިއަދު އޮތް ގްރޭޑް 12ގެ ފައިނަލް ބޯޑް ޓެސްޓުގައި ބައިވެރިވާން ދިޔަ ދެ ދަރިވަރަކު ބުރުގާ އަޅައިގެން ހުރުމުން ޓެސްޓުގައި ބައިވެރި ނުވެވޭނެ ކަމަށް އަންގައިފިއެވެ. އެ ދެ ދަރިވަރުންނަކީ ކަރްނަޓަކާ ސްޓޭޓްއަށް ނިސްބަވާ އެ ކުދިންނެވެ. އެ މީހުންނަކީ ކްލާސް ރޫމް ތެރޭގައި ބުރުގާ އެޅުމުގެ ހުއްދައަށް އެދި ކޯޓަށް މައްސަލަ ހުށަހެޅި ދެ ދަރިވަރުންވެސް މެއެވެ.

އެހެން ނަމަވެސް އެދަރިވަރުން ބުރުގާ އަޅާފައި ހުރުމުން އެގްޒާމްް ސެންޓަރަށް ވަންނަން ހުއްދަ ނުދިނީއެވެ.

އާލިޔާ އަސާދީ އާއި ރޭޝަމް އުޑުޕީގައި ހުންނަ ވިޑްޔޮޑަޔާ ޕީޔޫ ކޮލެޖްގެ އެގްޒާމް ސެންޓަރަށް ބުރުގާ އަޅައިގެން ދިއުމުން، ޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިނުވާއިރު، އެ ދަރިވަރުން ވަނީ ވާހަކަދައްކައިގެން އެކަން ހައްލު ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން އެ ދަރިވަރުން އިންވިޖިލޭޓަރުންނާއި، ކޮލެޖްގެ ޕްރިންސިޕަލް އާއިވެސް އެކަމާއި ގުޅިގެން 45 މިނިޓް ވަންދެން ވާހަކަދެއްކިއެވެ. އެކަމަކު ކޯޓުން އަމުރުކޮށްފައި އޮތުމުން އެ ކުދިންނަށް ހުއްދަ ނުދިންއިރު، ފަހުން އެ ކުދިން ވަނީ ޓެސްޓު ނަހަދާ އެތަނުން ގޮސްފައެވެ.

މި ޓެސްޓުތައް މިއަދުން ފެށިގެން މެއި 18 އަށް ކުރިއަށްދާނެއެވެ. މިއަދު އޮތީ ބިޒްނަސް ސްޓަޑީސް ޓެސްޓެވެ.

ސްޓޭޓް އެޑިއުކޭޝަން މިނިސްޓަރު ބީސީ ނާގޭޝް ވަނީ ބުރުގާއި ދަރިވަރުން ޓެސްޓް ހަދަން ފުރުސަތު ނުދޭނެ ކަމަށް ވަރަށް ސާފުކޮށް ބުނެފައެފެ. އެއީ އެންމެ ފަހު ޓެސްޓުގައި ބުރުގާ އަޅައިގެން އުޅުމުގެ ހުއްދަ ދިނުމަށް މިނިސްޓަރުގެ އަރިހުން ގިނަ މުސްލިމް އަންހެން ދަރިވަރުން އެދިފައިވާ ދަނޑިވަޅެއްގައެވެ.

ހިޖާބު އަޅައިގެން އިމްތިހާނުގައި ބައިވެރިވި ގިނަ މުސްލިމް އަންހެން ކުދިން ބުނީ ވަކި ތަނެއްގެ ތެރޭގައި އެ ޓެސްޓު ހެދުމުގެ ފުރުސަތު ދިނުމުުން ބުރުގާ ބާލާނެ ކަމަށާއި، އަދި ޓެސްޓު ނިމުމުން އަނެއްކާވެސް އެ ބުރުގާ އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބސ

    ކޮބާ ގަދަރާ ކަރާމާތާ ސަލާމަތާ މިނިވަންކަމާ އޭޗަކާ މީއްޗަކާ ؟!

    30
  2. އމނ

    މާތްﷲ އަޅުގަނޑުމެންގެ މުޖުތަމައުގައި އުޚްތުންވެސް ޙިޖާބް އެޅި ކުދިންފަދައިން އީމާންކަން ވަރުގަދަ ކުރައްވާ އިސްލާމްދީނަށް ނަސްރުދޭ މުޖުތަމައެއްކަމުގައި ލައްވާށި.. އާމީން.

    30
    1
  3. ސާލިމް

    ރާއްޖެ ވަކި ރަނގަޅު؟ މަގޭ ދަރިންނަކީވެސް މޫނު ބުރުގާ އަޅާ ކުދިން. އެކުދިންނަށް ރާއްޖޭގެ ސްކޫލުތަކުގަ ނުކިޔެވޭ. އެކުދިންވެސް ތަޢުލީމު އުނގެނެން ބޭނުންވޭ. ދެން ޚުތުބާ ދޭން އަރާ ބުނާނެ އަހަރުމެން ހަރުކައްޓޭ. އަންހެން ޑޮކްޓަރުންވެސް ތިބެޔޭ. މުންޖޭ. ދެން ދަރިން ސްކޫލަށް ނުފޮނުވަޔޭ ކިޔާ އަހަރުމެން ޖަލަށްލާ.

    15
    4
  4. ހިންދޫ

    ޢިންޑިއާގެ ކަރާމާތް ގެއްލޭފަދަ ޙަބަރުތައް ނުލިޔުމަށް ގޮވާލަން

    2
    4
  5. ރަބަރޭ

    އިންޑިޔާ އަކާ ހެދި ހޭބަލިވެގެން ތެޅިބާލަނީ އިންޑިޔާއަކި ވަރަށް މުޑުދާރު ގޮތެއް ފޮތެއްނެތް ގޮތްކުޑަ ބައެއް ާ

    5
    1
  6. އަޙްމަދް

    މީ އުފާވެރި ޚަބަރެއް އެމްޑީޕީ ބޮޑުންނަށް މީސާލަކަށް މޫރާއިދުގެ ބޮޑުވަޒީރު ފަދަ…………

    3
    1
  7. ރެފްރީ

    އަޅުގަނޑަށްފެންނައެންމެރަނގަޅުގޮތަކީ އިންޑިއާއާއި ރާއްޖެ މިހާގުޅުންބޮޑުދުވަސްވަރެއްވީމަޔާވެސްއެކީގަ އިންޑިއާގަހުންނަ ރާއްޖޭގެހައިކޮމިޝަނުގަ ތިބެގެން އެކުދިންގެޓެސްޓުހެދޭތޯބެއްލެވުން ނޫނީ އަރަބިއްޔާސްކޫލުގަ އެކުދިންނަށް އެެޓެސްހެދުމުގެފުރުސަތުދޭންވީ..

  8. ބުރުގާ

    މި ހިންދޫ އެއްޗިހިތަކަށް ހާދަ ވަރެކޭ މިވަނީ. ބުރުގާ ދެކެ ބިރު ގަންނަނީ ދޯ.

  9. ޢަހުމަދު

    ޜާއްޛޭން ދާ މީހުންންށްވެސް މޫނު ބުރުގާ އެޅުން މަނާ ކުރަންވީ.އެިންޑިޔާގެ ސަލާމަތަށް ނުރަށްކާވާނެ ކަމެއް މީ.ބުރުގާ މަނާ ކޮށްގެން ނުވާނެ