އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިންޑިއާގެ ސްކޫލެއްގެ ޕިއޯނަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ މުމްބާއީގެ ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ޕިއޯނެކެވެ.

މިހާދިސާ ފެންމަތިވެފައިވަނީ ކުއްޖާގެ އުޅުމަށް އައި ބަދަލާއި އެކީ އާއިލާގެ މީހުން ކުއްޖާ ކިޔަވަންދާ ސްކޫލަށް ގުޅައި މައުލޫމާތު އޮޅުން ފިލުވުމުންނެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހު ޕިއޯނަށް ކުއްޖާ ސްކޫލުގައި އެކަނި ހުއްޓާ ޕިއޯނު ގޮސް ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށާއި އޭގެ ފަހުން ކުއްޖާ ސްކޫލަށް ހާޒިރު ނުވެ ގިނަ ދުވަސްތަކެއް ވެފައިވާކަން ވަނީ އާއިލާއަށް އެނގިފައެވެ.

މިކަމާއި ގުޅިގެން ސްކޫލުން ވަނީ ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅާފައެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، އެމައްސަލައިގައި އުމުރުން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެކި ފަހަރުމަތިން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ކުއްޖާގެ ފޯނަށް ވީޑިއޯ ކޯލު ކޮށްގެން ވެސް އެފަދަ އަމަލު ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއީ އިންޑިއާގައި އަލަށް ހިނގާފައިވާ ހާދިސާއެއް ނޫނެވެ. ސްކޫލުތަކަށްދާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ އަންހެނުންގެ އިތުރުން ޒުވާން އަންހެނުންނަށް ޖިންސީ ގޯނާކޮށް ރޭޕް ކުރާ ވާހަކަ އަކީ އިންޑިއާގައި އަބަދު ވެސް ދެކެވެމުން އަންނަ މީޑިއާތަކަށް ތިލަވެފައިވާ މައްސަލަތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަހަރޯ

    އެކަހަލަ ކަންކަން ކުރާ މީހުނަށް ހަރުކަށި އަދަބު ދޭންޖެހޭ. މިގައުމުގަ ޕޯނޮގަރަފީވެސް މަނާ ކުރަންޖެހޭ. ގޯސްކަންކަމަށް އޮތް ހުރިހާ މަގެއް ބަންދު ކުރަން ޖެހޭ