އިންޑިއާގެ ގުޖްރާތްގެ މޯބީ ބްރިޖް ވެއްޓުނީ ބުދު ދީނުގެ ކަލާންގެ ސަބަބުން ކަމަށް، އެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ކުރުމަށް ހަވާލު ކުރި އޮރެވާ ގްރޫޕް ކުންފުނީގެ ވެރިޔާ ދީޕަކް ޕަރޭޚް ކޯޓުގައި ބުނެފިއެވެ.

ދައުލަތުގެ ވަކީލް، އެޑްވޮކޭޓް އެޗްއެސް ޕަންޗަލް ވިދާޅުވި ގޮތުގައި ޕަރޭޚް ވަނީ ބުދަ ދުވަހު ކޯޓުގައި އެ ގޮތަށް ވާހަކަ ދައްކާފައެވެ.

އޮރެވާ ކުންފުނީގެ ދެ މެނޭޖަރުންގެ ތެރެއިން އެކަކު ކޯޓުގައި ވަނީ ބްރިޖް ވެއްޓުނީ ބުދު ދީނުގެ ކަލާނގެ ސަބަބުން ކަމަށް،". ޕަންޗަލް ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި 135 މީހުން މަރުވިއިރު، އެ މައްސަލައިގައި ދެ މެނޭޖަރުންނާއި ގޭޓާއި ހަވާލުވެ ތިބި މީހުންނާއި، ސެކިއުރިޓީ ގާޑުންނާއި ފޭބްރިކޭޝަން ވޯކަރުން ހިމެނޭ ގޮތަށް ޖުމްލަ ނުވަ މީހަކު ހައްޔަރު ކުރިއެވެ.

މިއަދު މޮބީ ކޯޓަކުން ވަނީ އެ މައްސަލައިގައި ދައުވާ ލިބޭ ހަތަރު މީހަކު ހޮނިހިރު ދުވަހުގެ ނިޔަލަށް ފުލުހުންގެ ބަންދަށް ފޮނުވާފައެވެ. އަދި އަނެއް ފަސް މީހުން ވަނީ ޝަރުއީ ބަންދަކަށް ވަނީ ފޮނުވާފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކީ އޮރެވާ ކުންފުނީގެ މެނޭޖަރުންނެެވެ. އަދި އިތުރު ދެ މީހަކީ ފޭބްރިކޭޝަން ވޯކް ކޮންޓްރެކްޓަރުގައި މަސައްކަތް ކުރާ މީހުންނެވެ.

ޕަންޗަލް ވިދާޅުވީ އަޑުއެހުމުގައި ބްރިޖުގެ ކޭބަލް ވަޔަރުތައް އާންމުންނަށް ހުޅުވާލެވޭ ވަރަށް ރަނގަޅު ހާލަތެއްގައި ނެތް ކަމަށާއި، އޭގައި ދަބަރު ޖަހާފައިވާ ކަން ހާމަވި ކަމަށެވެ.

"ފޮރެންސިކް ސައިންސް ލެބޯޓްރީ ރިޕޯޓުގައި އިންވެސްޓިގޭޓިން އޮފިސަރު ބުނަނީ ބްރިޖް ކޭބަލްގައި ދަބަރު ޖަހާފައިވާ ކަމަށް. އިންވެސްޓިގޭޓިން އޮފިސަރު ބުނަނީ އެ މީހުން ހަމައެކަނި ކުރި ކަމަކީ ބްރިޖުގެ ފްލޯރިންގ ހެދީ ކަމަށް. އަދި ކޭބަލްތަކަށް ބަދަލެއް ނުގެނެސް، ހުރީ ހަމައެކަނި ތެޔޮ ޖަހާފައިވާ ކަމަށް".

އަދި އެއީ ވަރަށް ދުވަސްވީ ކޭބަލް ކަަމަށްވެސް ބުނެފައި ވެއެވެ.

މައްޗޫ ކޯރުގެ މަތީގައި ހަދާފައިވާ 232 މީޓަރު ދިގު ބްރިޖް ވެއްޓިފައި ވަނީ ގިނަ ބަޔަކު އޭގެ މަތީގައި ތިއްބާއެވެ. އެ ބްރިޖް ވެއްޓިފައި ވަނީ މަރާމާރު ކުރުމުގެ މަސައްކަތް ކުރުމަށް ފަހު އާންމުންނަށް ހުޅުވާލިތާ ފަސް ވަރަކަށް ދުވަސް ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މާތް ﷲ ފިޔަވައި އެހެން އިލާހެއް ނުވެއެވެ. އަދި އަމިއްލަ އަތުން ހަދާފައިވާ ދިރުމެއް ނެތް ބުދަކަށް ކުރެވޭނެ ކަމެއް ނޯންނާނެ.

    34
  2. ޖަހާލަތު

    ބުދު ދީނުގެ ކަލާންގެ ރުޅި ގަދަވީތާ

    24
    1
  3. ހުސޭނުބޭ

    ތިވަރުގެ އަނިޔާވެރި ކަލާންގެއަކަށް ތި އަޅުކަންކުރަނީ؟؟؟؟؟؟؟؟؟؟؟؟؟؟

    21
    1
  4. ކަމަނަ

    ޥިދާޅުވި ވިދާޅުވި ލިޔުމުގެ ބަދަލުގަ ބުނި ލިޔެބަލަ

    2
    1
  5. މުޙައްމަދު

    އެ ބުދަށްވެސް އެނގުނީ ތޯއްޗެ މި ބައިގަނޑު އަޅުކަން މިކުރަނީ ފައިދާއެއް ނުވާ ގެއްލުން ހުރި އެއްޗަކަށް ކަމަށް. ވެދާނެ މި ބައިގަނޑު އަޅުކަންކުރާ ގޮތ ްމި ގޮލާއަށް ކަމުނުދިޔައީ ކަމަށްވެސް. ﷲ އީ އެއްކައުވަންތަ އިލާހް.