ޗައިނާގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އައިފޯން ފެކްޓްރީގެ ވަށައިގެންވާ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން، ބިރުގަނެފައިވާ މަސައްކަތްތެރިން، އެ ފެކްޓްރީން ނުކުމެގެން ފިލައިފިއެވެ.

އެ ސަރަހައްދު ފުރަބަންދުކޮށްފައި ވަނީ ކޮވިޑާއި ގުޅިގެންނެވެ.

ޒެންގްޒޯގައި 600،000 އަށް ވުރެ ގިނަ މީހުން ގޭގައި މަޑުކުރަން އަންގާފައި ވަނީ އެ ސިޓީން 64 މީހަކު ކޮވިޑް-19 އަށް ފައްސިވެގެންނެވެ. ޗައިނާއަކީ 0 ކޮވިޑް ސިޔާސަތު ގެންގުޅޭ ގައުމެކެވެ.

އެގޮތުން ޗައިނާގެ މި ސަރަހައްދު ފުރަަބަންދު ކުރުމަށް އަމުރު ނެރުމާއި ގުޅިގެން، ލައްކައެއްހާ މަސައްކަތްތެރިން ވަޒީފާ އަދާކުރާ ޓައިވާންގެ ޓެކް ޖަޔަންޓް ފޮކްސްކޮން އިން ހިންގާ ފެސިލިޓީއެއްގައި އައިފޯނު އެސެމްބްލް ކުރާ މަސައްކަތްތެރިން ވަނީ ފެކްޓްރީން ނުކުންނަން ފަށައިފައެވެ.

އެ ކެމްޕަސް ހިންގަމުން އައީ "ކްލޯޒްޑް ލޫޕް މެނޭޖްމަންޓް" ނިޒާމެއްގެ ދަށުންނެވެ. އެގޮތުން މުވައްޒަފުން ނިދާ، ދިރިއުޅެ ހުރިހާ ކަމެއް ކުރަނީ އެތަނުގައެވެ،

އެހެން ނަމަވެސް އެތަނުގެ ހާލަތު ގޯސްކަމަށް މުވައްޒަފުން ދަނީ ބުނަމުންނެވެ. އަދި އެތަނުގައި ކޮވިޑަށް ފައްސިވި މީހުންނަށް ފަރުވާ ނުލިބިވާކަމުގެ ޝަކުވާތައް ކުރާއިރު، އެ ކުންފުންޏަށް ވައިރަސް ހުއްޓުވަން މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އެ މީހުން ބުނެއެެވެ.

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަނީ ބަންދުވުމުން ސަލާމަތްވުމަށްޓަކައި ފިލައިގެން ދިއުމަށްފަހު، ސޫޓްކޭސްތައް ދަމައިގެން މޮޓޯވޭތަކުގައި ހިނގާފައިދާ ތަނެވެ.

އެ ވީޑިއޯއަށްފަހު ފޮކްސްކޮން އިން ބުނީ ކޮންމެ ދުވަހަކު މުވައްޒަފުން ޓެސްޓްކޮށް "ކްލޯޒްޑް ލޫޕް" ގައި ބެހެއްޓުމުގެ އިތުރުން ފުރަން ބޭނުންވާ މީހުންނަށް ދަތުރުފަތުރު ދިނުމުގެ ފުރުސަތު ވެސް ދޭނެ ކަމަށެވެ.

ބަލިވެ އުޅޭ މުވައްޒަފުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، އަދިވެސް އެތަނުގައި ބަލި ފެތުރެމުންދާ ކަމަށް ބުނެފައެއް ނުވެއެވެ.

ޒެންގްޒޯ ސިޓީ ވަށައިގެންވާ ސަރަހައްދުގެ ލޯކަލް ގަވަރމަންޓްތަކުން ވަނީ ފޮކްސްކޮންގެ މަސައްކަތްތެރިން އެނބުރި އެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ގޮސްފިނަމަ ކަމާބެހޭ ފަރާތްތަކުގައި ރަޖިސްޓްރީކޮށް، ކަރަންޓީން ފުރިހަމަ ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު