އިސްރާއީލުން ހިފައިގެން އުޅޭ އިރުމަތީ ޤުދުސް ގައި ހުން އަލް އަޤުޞާ މިސްކިތުގެ ގޯތިތެރެއަށް، އިސްރާއީލުގެ ކަނާތު ފިޔައިގެ ގައުމީ ސަލާމަތާއި ބެހޭ މިނިސްޓަރު، އިތަމާރް ބެން ގްވީރް، ވަދެއްޖެއެވެ.

އޭނާގެ މި އަމަލަކީ "ކުރިން އެންގުމަކާ ނުލާ ބިރުދެއްކުމަށް" ކުރި އަމަލެއް ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނަމުންދާއިރު، އޭނާގެ މި ފިޔަވަޅުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ދެކޮޅުހެދުމަށްޓަކައި ރައްދު ދިނުމުގެ ފިޔަވަޅު ތަކެއް ފެނިގެން ދިއުން އެކަށީގެންވެއެވެ.

ވަރަށް ވަރުގަދަ ސެކިއުރިޓީއަކާ އެކު ބެން ގްވީރް މިސްކިތް ހުރި ބިމުގައި ހިނގަމުންދާތަން ވަނީ ފެނިފައެވެ.
ބެން ގްވީރް ގެ މިފަދަ ފިޔަވަޅަކުން، ހަމަނުޖެހުން އުފެދިގެންދާނެ ކަމަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕިޑް ވަނީ އިންޒާރު ދީފައެވެ.

މައްކާ އާއި މަދީނާއަށްފަހު އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިމުގައި، އަޅުކަން ކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި މުސްލިމުންނަށެވެ.

މަސްޖިދުލް އަޤުޞާ އަކީ މުސްލިމްގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާއެވެ. އެކަމަކު، ޔަހޫދީން ބުނަމުން އަންނަނީ އެމަތިވެރި މިސްކިތަކީ އެމީހުންގެ ފައްޅިއެއް ކަމަށެވެ.

ޤުދުސަކީ އިސްލާމްދީނުގެ އެންމެ މާތް ތައުހީދު ދެނެގަތް ދެވަނަ ރަށެވެ. އެ ބިމަކީ ގިނަ އަދަދެއްގެ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުން އެ ބިމަކަށް އުފަންވެވަޑައިގެން ހުސްޠާހިރުވަންތަ ބިމެކެވެ. އަދި ކިރިތި ރަސޫލާ ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދު ކުރެއްވީވެސް ޤުދުސްގައި ހުންނަ މަސްޖިދުލް އަޤުޞާގައެވެ. އެ ބިމަކީ ކީރިތި ރަސޫލާ އިސްރާ ދަތުރުފުޅު ފެއްޓެވި ބިންވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރީގެ ހަނދާންތައް

    އެރިއޮލް ޝެރޯން ބޫޓާއެކީ ގުދުސް މިސްކިތުގެ
    ތެރެއަށް ވަން ހަދާންއެބަވޭ..އެފަހުން އެވަރުގެ ކަމެއް ކުރާކަށް ކެރިފައެއްނުވޭ ޔަހޫދީ އިސްވެރި
    އަކަށް އެތެއް އަހަރެއްގެފަހުން މިއަދު ތިވަރުގެ
    ހަބަރެއް އަޑުމިއިވުނީ