ރަޝިއާގެ މީހަކު އަނެއްކާ ވެސް އިންޑިއާގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީގެ ކުރިން ދެ މީހަކު މަރުވެފައި އޮއްވާ ފެނުނީ އިންޑިއާގެ އޮދީޝާއިން މިދިޔަ މަހުއެވެ. އޭގެ ތެރޭގައި ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވެސް ހިމެނެއެވެ.

މި ފަހަރުވެސް ރަޝިއާގެ މީހަކު މަރުވެފައި އޮއްްވާ ފެނުނީ ހަމަ އިންޑިއާގެ އޮދީޝާއިންނެވެ.

މަރުވެފައި އޮއްވާ ފެނުނު މިލްޔާކޯވް ސާޖޭވް ނަމަކަށް ކިޔާ މީހާ އަކީ އިންޑިއާގެ ބޯޓެއްގައި މަސައްކަތް ކުރާ ރަޝިއާގެ ޗީފް އިންޖިނިއަރެކެވެ.

އޭނާ މަރުވި ސަބަބު އަދި ދެނެ ނުގަނެވޭއިރު އެ މަރުގެ ތަހުގީގު ފުލުހުން ވަނީ ފަށައިފައެވެ.

މިދިޔަ މަހު މަރުވެފައި އޮއްވާ ފެނުނު ރަޝިއާގެ ދެ މީހުންގެ މަރުގެ ވެސް ގޮތް ނޭނގޭ ކަންތަައްތަކެއް ހިމެނޭ ކަމަށް އޮތީ ތުހުމަތު ކުރެވިފައެވެ.

އޭގެ ތެރެއިން ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެެމްބަރު ޕަވޭލް އަންޓޯވް މަރުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ހުރި ހޮޓަލުގެ ތިން ވަނަ ބުރިން ވެއްޓިގެން ކަމަށް ވެއެވެ.

އޭގެ ދެ ދުވަސް ކުރިން ޕަވޭލްގެ ރަހުމަތްތެރިޔާ ވެސް ހޮޓަލުގެ ކޮޓަރީގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އެ ދެ މައްސަލަވެސް އިންޑިއާގެ ފުލުހުން ތަހުގީގުކުރަމުންދާ އިރު އޭގެ މާބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު