އިސްރާއިލުން ދެން ބައިނަލްއަގުވާމީ ފިއްތުންތަކަށް ބޯނުލަނބާނެކަމަށް އެ ގައުމުގެ ބޮޑުވަޒީރުކަމާ އަނެއްކާވެސް ހަވާލުވެ ވަޑައިގެންނެވި ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއިލުގެ ބޮޑުވަޒީރު ކަމަށް ނަތަންޔާހޫ މިފަހަރު އައީ އިސްރާއިލުގެ ތާރީހުގައި ވެސް ނުދެކޭ ފަދަ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެންނެވެ.

އެހެންވެ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ހަރުކަށި ސިޔާސަތުތަކެއް މިފަހަރު ނަތަންޔާހޫ ގެންގުޅޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ނަތަންޔާހޫ ބުނީ ކުރިން ގެންގުޅުނު ހާރިޖީ ސިޔާސަތު ނުގެންގުޅޭނެ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ފިއްތުންތަކަށް ދީލާ ލުުމުގެ ބަދަލުގައި ދެން މަސައްކަތް އިސް ކުރާނީ އިސްރާއިލުގެ މަސްލަހަތު ކަމަށް އޭނާ ބުންޏެވެ.

"ދެން އަޅުގަނޑުމެންގެ އަޑު ދުނިޔެއަށް އަޑު އިވޭނެ" ނަތަންޔާހޫ ބުންޏެވެ.

އިސްރާއިލުގެ އާ ހަރުކަށި ސަރުކާރުން މިހާރު ވެސް އަންނަނީ ފަލަސްތީން ރައްޔިތުންނަށް ދުއްތުރާ ކުރަމުންނެވެ.

އެގޮތުން އިސްރާއިލުގެ އާ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން ގްވީރު އަގްސާ މިސްކިތަށް ޒިޔާރަތް ކުރި މައްސަލަ ވަނީ ހޫނުވެފައެވެ. އޭނާ ބުނަމުން ދަނީ އަގްސާ އަކީ ހުރިހާ އެންމެންގެ ތަނެއް ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ފަލަސްތީނުގެ މުސްލިމުންނަށް ވަރަށް ބޮޑަށް އަނިޔާތައް ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިސްރާއިލުގެ އާ ފޮރިން މިނިސްޓަރު އަލީ ކޮހެން ބުނީ ޔުކްރޭންއާ ގުޅޭ ގޮތުން އިސްރާއިލުން ގެންގުޅެމުން އައި ސިޔާސަތުވެސް ބަދަލުވާނެ ކަމަށެވެ.

ނަތަންޔާހޫގެ ވެރިކަމުގެ ކުރިން ނިމިގެން ދިޔަ ވެރިކަމުގައި އިސްރާއިލުގެ ވެރިން ތާއިދުކޮށްފައި ވަނީ ޔުކްރޭން އަށެވެ. އަދި ރަޝިއާ ކުށްވެރިކޮށް ވާހަކަ ދެއްކުމުން ރަޝިއާއާއި އިސްރާއިލުގެ ގުޅުން އޮތީ ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަރޯ

    ޔާ ﷲ މި ނުލަފާ ކަލޭގެ ދެން އިތުރަށް ފަލަސްތީނުގެ ބިން ސުންނާފަތިކޮށް އެތާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަން ރާވާ ގަތުލުއާންމު ފެއިލްކޮށް، އިބަ ﷲ ގެ ގަދަފަދަ އަޒާބް އިސްރާއީލްގެ ޔަހޫދީންގެ މައްޗައް ފޮނުއްވާފާންދޭވެ.

    47
    • ޝަމް

      ޢާމީން.އާމީން.އާމީން

      27
  2. ހުސޭނުބޭ

    އެހެންވީމާ އިޒްރޭލާ ދެކޮޅަށް ބަޔަކުން ޓެރަރިސްޓް ހަމަލާދިނަސް ކޮންމެކަމެއް ކުރިޔަސް ބައިނަލްއަޤްވާމީގޮތުން އެ ބަޔަކު ހުއްޓުވައިގެން ނުވާނެ. އަދި އެކަން ފެންނަ ކަމަކަށްވެސް ހަދައިގެން ނުވާނެ. ހަމަހަމަވާންޖެހޭނެ

    15
  3. ކެކެކެ

    އެއްވެސް ގާނޫނެއް ނުހިނގާ އަދި ގާނޫނުތަކަށްވުރެ މަތީގަ އުޅޭ ބައެއް މިވެރިން ނޫނީ ނޫޅޭނެ..އެވަރުންވެސް އެކިޔަނީ ބައިނަލްއަގުވާމީ ފިއްތުންތަކޯ..މިވެރިން އެއްވެސް ހާލެއްގަ ފިތުނު އިރެއް ނުދެކެން..އަބަދުވެސް ފިއްތާފަ ތިބީ ފަލަސްތީނުގެ ރަށްޔިތުން.

    15
  4. ފަލަސްތީނުންގެ ދުއާ

    ޔާﷲ އިސްރާއީލުގެ ޖަރީމާ ހުއްޓުވެންއޮތީ އީރާނާ
    ހަނގުރާމައަކަށް ދިޔުމުން ކަމުގައިވާނަމަ އިބަ ކަލާންގެ އިރާދަފުޅުން އީރާނާ އެމަރިކާގެ ހަނގުރާމައެއް ކުރައްވާންދޭވެ އެއިރުން އީރާނުގެ މިސައިލުތައް އިސްރާއީލުގެ އަސްކަރީޔާފުނޑު
    ފުނޑުކޮށް ފަލަސްތީނައް ޖަރީމާއެއް ނުހިންގޭވަރަށް ހާލުގެޖައްސާނެ..

    10
    1
    • މޮޔަނިމޮސް

      ހައްހައްހާ. ހަނގުރާމަޔަކަށް ތި އެދެނީ.ކަލެއަށް ޔަގީންތަ އެހާ އީރާނު ބާރުގަދަކަން.ތި ސްޓޯރީގަ ކޮބައިބާ ވައްހާބީން

    • ޖުހާ.

      އިޒްރޭލާއި ހަނގުރާމަކުރަންޖެހޭނީ ކާފަރު ރާފިޟީންނެއް ނޫން. ސުންނަތަށްއުޅޭ ސޯލިހު ވައްހާބީން. އެއީ ސަލަފުއްސާލިހުން.

  5. ޠމ

    އިޒުރޭލު ބަލިކަށިކުރައްވާން ދޭވެ

  6. އަލްޖިބްރާ

    ކަލޭމެން ބޯލެބީ ބައެނަލް އަޤްއާމީ ކޮން ކަމަކަށްތަ ؟