ނިއުޒީލެންޑްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އައުކްލޭންޑް ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތިން މީހަކު މަރުވެ އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ނިއުޒީލެންޑުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އައުކްލޭންޑްގައި ފެންބޮޑުވެ އެސިޓީގެ ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގައެވެ. މޫސުމާ ގުޅުންހުރި ހާދިސާތަކާއި ގުޅިގެން ރައްޔިތުންގެ ގިނަ އަދަދެއްގެ ކޯލްތަކަށް އަދިވެސް ޖަވާބުދާރީވަމުން ދާކަމަށް ބުނެފައި ވެއެވެ. އަދި ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ދަނީ ބުނަމުންނެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނިއުޒީލެންޑްގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ އައުކްލޭންޑް ސިޓީގެ އެއާޕޯޓްގައި ފެންބޮޑުވެ އެސަރަހައްދުން މީހުން ނެރެ، އެެއަރޕޯޓް ސަރަހައްދު ވަނީ ބަންދު ކޮށްފައެވެ.

އެޤައުމުގެ މޫސުމާއިބެހޭ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އެ ސިޓީގައި ބޯކޮށް ވާރެވެހި ފެންބޮޑުވުމުން ތިން މީހަކު މަރުވެފައިވާއިރު ގިނަ އަދަދެއްގެ މީހުން ތިބީ ހާލުގައި ޖެހިފައެވެ. އެހެންކަމުން އައުކްލޭންޑްގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ނިއުޒިލޭންޑުގެ މެޓްސާވިސް އިން ބުނީ އައުކްލޭންޑަށް 24 ގަޑިއިރުގެ ތެރޭގައި ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާ ކަމަށާއި، އެގޮތުން ބުރާސްފަތި ދުވަހު މެންދަމު އެކެއް ޖަހާއިރު އެ ސަރަހައްދުގައި 249 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. އަދި މިހިނގާ ޖެނުއަރީ މަސްވެގެންދާނީ އެންމެ ގިނައިން ވާރޭވެހުނު މަހަށްކަމަށްވެސް ވަނީ ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު