އިންޑިއާގެ އޮޑިޝާގެ ހެލްތް މިނިސްޓަރު ނަބާ ކިސޯރޭ ދާސްގެ ގަޔަށް ފުލުހަކު ބަޑި ޖަހައިފިއެވެ.

އޭނާގެ ގަޔަށް ބަޑި ޖަހާފައި ވަނީ އެސިސްޓެންޓް ސަބް އިންސްޕެކްޓަރެކެވެ.

ނިއުސް އެޖެންސީ ޕީޓީއައި އިން ބުނެފައިވާގޮތުގައި މިނިސްޓަރ ގަޔަށް ބަޑިޖަހާފައިވަނީ ޖަރްސުގުޑާ ޑިސްޓްރިކްޓްގެ ބްރަޖަރާޖްނަގަރް ކައިރީގައި އޮންނަ ގާންދީ ޗޯކް ކައިރިންނެވެ.

ބަޑީގެ ހަމަލާ އަމާޒުވެފައި ވަނީ އޭނާގެ ބުރަކައްޓަށެވެ.

ޕްރޮގްރާމެއްގައި ބައިވެރިވާން ދަނިކޮށް މި ހާދިސާ ހިނގިއިރު، އޭނާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޭނާގެ ގަޔަށް ބަޑި ޖަހާފައި ވަނީ ވެހިކަލުން ފައިބައިގެން ދަނިކޮށެވެ.

މި ހަމަލާގެ މަގުސަދު އަދި ވެސް ސާފު ނުވާ ކަމަށް ވެއެވެ.

އެ ސަރަހައްދުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލެއިން ތަތްތެޅިފައިވާ މިނިސްޓަރ ދާސް ކާރަކަށް އަރުވައެވެ.

އިތުރު ތަފްސީލް އަންނަނީ…

ކިޔުންތެރިންގެ ހިޔާލު