ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އަވަށެއް ކަމަށްވާ ކެސްބެވާގައި ހުރި ހޮޓަލަކުން ވެއްޓި މީހަކު މަރުވެއްޖެއެވެ.

ތިން ބުރިއަށް ހަދާފައި ހުންނަ އެޕާޓްމަންޓުން އިއްޔެ ވެއްޓުނީ 26 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެ ހޮޓަލްގައި މަސައްކަތް ކުރަމުން އަންނަ ކޭޝިއަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ޒުވާނާ މަރުވެފައި ވަނީ ކޮލަމްބޯ ސައުތު ޓީޗިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ލަންކާ އަށް އުފަން އެ ޒުވާނާ އެ ހޮޓަލްގައި މަސައްކަތް ކުރާތާ ދެ އަހަރާ ހަމަސް ދުވަސްވެއްޖެއެވެ. އެ ޒުވާނާ ވެއްޓިފައި އޮއްވާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ހޮޓެލްގެ މުވައްޒަފެކެވެ.

މިހާތަނަށް އައިއިރު ތަހުގީގުން އެނގުނު ގޮތުގައި، އެ ޒުވާނާ ވެއްޓުމުގެ ކުރިން ވަރަށް ގިނަ އިރު ވަންދެން މީހަކާ ފޯނުން ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، އެ ފޯން ކޯލަށް ގަޑިއިރަކަށް ވުރެ ގިނަ އިރު ހޭދަވި ކަމަށްވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެމީހާ ބިންމައްޗަށް ވައްޓާލާފައި މަރާލީތޯ ނުވަތަ އަމިއްލަ އަށް ވެއްޓުނީތޯ ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު