އިންޑިއާގެ މުމްބާއީގެ ގިރްގާއޯގައި، އެކުގައި ދިރިއުޅުނު ބައިވެރިޔާ ދިން އެސިޑް ހަމަލާއެއްގައި ފިހުނު އަންހެނަކު، ހަމަލާދިންތާ ދެ ހަފްތާ މަހުން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވި އަންހެން މީހާ އަކީ 54 އަހަރުގެ މީހެއް ކަމަށެވެ. ހަމަލާއަށް ފަހު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައެވެ. އެއިރު އޭނާގެ ހަށިގަނޑުގެ 50 އިންސައްތަ ފިހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ދެ ހަފްތާއެއް ހާ ދުވަސް ކުރިން، ޖެނުއަރީ މަހު، 62 އަހަރުގެ މަހޭޝް ޕުޖާރީ ކިޔާ މީހަކު އޭނާގެ ބައިވެރިޔާ ގެ ގަޔަށް އެސިޑް ޖަހާފައިވަނީ އެ ދެމީހުންގެ މެދުގައި ހިނގި ޒުވާބަކަށް ފަހުގައި ކަމަށް ވެއެވެ.

އެ ދެމީހުންނަކީ ކައިވެނި ކޮށްގެން އުޅޭ ދެމީހުން ނޫނެވެ. ނަމަވެސް އެ ދެ މީހުންނަކީ ފާއިތުވި 25 އަހަރު ދުވަހު އެކުގައި ދިރިއުޅެމުން އައި ދެމީހުންނެވެ.

"އެ ދެމީހުން ދިޔައީ ފާއިތުވި 25 އަހަރުއްސުރެ އެކުގައި ދިރިއުޅެމުން. އެކަމަކު ފަހަކަށް އައިސް ދެމީހުންގެ ދޭތެރޭގައި ޒުވާބުކުރުން ވަނީ ވަރަށް ގިނަވެފައި. އަންހެން މީހާ ދިޔައީ އޭނާގެ ގެއިން ނުކުތުމަށް މަހޭޝްއަށް ޕްރެޝަރުވެސް ކުރަމުން. އޭގެ ސަބަބުން އޭނާ އަށް ވަނީ އެ ގޭގެ ބޭރުގައި ވެސް އުޅެން ޖެހިފައި." މުމްބާއީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މަހޭޝް އަންހެން މީހާގެ ގަޔަށް އެސިޑް ޖަހާފައިވަނީ އެ މައްސަލައިގައި ކަމަށެވެ.

ފުލުހުން ބުނެފައިވާގޮތުގައި މަހޭޝް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް އިންޑިއާގެ ޕީނަލް ކޯޑުގެ ދަށުން އޭނާގެ މައްޗަށް މީހަކު މަރާލި ކަމުގެ ދައުވާ ކުރެވިފައިވަނީ މިއަދެވެ.

އިންޑިއާއަކީ އަންހެނުންނަށް އަމާޒުކޮށް، އެސިޑް ހަމަލާތައް ދިނުން ގިނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަވާލާ

    ސޯލިބޭގެ ބެސްޓު ފްރެންޑް މޯދީ މުސްލިމުންގެ ޢަދާވާތްތެރި ސޯލިބޭ