ތުރުކީވިލާތުގެ އިރުމަތީގައި އޮންނަ ގަޒިއަންޓެޕް ޕްރޮވިންސަށް 7.8 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 90 މީހަކު މަރުވެއްޖެއެވެ.

މިބިންހެލުން އައިސްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިހެން ކަމުން ގިނަބަޔަކު ތިބީ ނިދާފައެވެ. މި ބިންހެލުމާއި ގުޅިގެން ސީރިޔާ އާއި ތުރުކީން އެތައް ބަޔަކު މަރުވެފައިވާއިރު، ސައިޕްރަސް އާ ހަމައަށް ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތުރުކީގެ ލޯކަލް އޮފިޝަލުން ވިދާޅުވާ ގޮތުގައި މަރުވި މީހުންގެ އަދަދު 53 އަށް އަރާއިރު، އެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ސީރިއާގެ އުތުރުގެ ސަރަހައްދުތަކުގައި ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި ވެސް 42 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައި ވެއެވެ.

ޓީވީ ފޮޓޯތަކުން ފެންނަ ގޮތުގައި ތުރުކީގައި ހައިރާންވެފައި ސްނޯގެ ތެރޭގައި މަޑުކޮށްލައިގެން ތިބޭތަން ފެންނައިރު، މިހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަމުންދާ ތަންވެސް ފެނިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު