ތުރުކީ އަށް އަނެއްކާ ވެސް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފިއެވެ.

މިއީ ތުރުކީ އަށް މިއަދު އައި ދެވަނަ ބާރުގަދަ ބިންހެލުމެވެ. މީގެކުރިން 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ވެސް ތުރުކީ އަށް ބިންހެލުމެއް އައިސްފައިވެއެވެ. މި ބިންހެލުން ތުރުކީގެ ނުރްޑަގީ ސަރަހައްދަށް އައިއިރު، އޭގެ ފަހުން ފުލުފުލުގައި ލޮޅުންތައް އައިސްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފުރަތަމަ ބިންހެލުން އައި ފަހުން ވެސް ހަތަރަކަށް ވުރެ ގިނަ ފަހަރު ލޮޅުންތައް އައިސްފައިވެއެވެ.

އޭގެ 11 މިނެޓު ފަހުން ތުރުކީގެ މެދުތެރެއަށް 6.7 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެއެވެ.