އެމެެރިކާގެ ނިއުޔޯކްއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ނިއު ޔޯކްއަކީ ބިންހެލުން އާއްމު ތަނެއް ނޫނެވެ. އެ ހިސާބަށް އައިސްފައި ވަނީ 3.8 މެގްނެޓިއުޑްގެ ބިންހެލުމެކެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ނިއުޔޯކްގެ ބަފެލޯގެ އަވަށްތަކަށް 3.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

މި ބިންހެލުން ސީދާ އައިސްފައި ވަނީ ވެސްޓް ސެނެކާގައި ކަމަށް އޮފިޝަލުން ބުނެއެވެ.

އެރީ ކައުންޓީގެ އެގްޒެކެޓިވް މާކް ޕޮލޮންކާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނިއާގަރާ ފޯލްސްގެ އުތުރުން އަދި އޯޗާޑް ޕާކްގެ ދެކުނުން ވެސް ބިންހެލުން އިހުސާސް ކުރެވިފައިވާ ކަމަށެވެ.

"ބަފެލޯގައި ހުރި އަހަރެންގެ ގޭގައި ކާރެއް ޖެހުނުހެން ހީވީ. އަހަރެން އެނދުން ފުންމާލިން.".

ޔޫއެސްޖީއެސްގެ އޮފިޝަލުންގެ އިބްތިދާއީ ތާރީހުގައި ވާގޮތުން މި ބިންހެލުން އައިސްފައިވަނީ ވެސްޓް ސެނެކާގެ އިރު އުތުރުން ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުންނެވެ.

މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ގަވަރުނަރު ކެތީ ހޯޗުލް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޓީމުން ލޯކަލް އޮފިޝަލުންނާ ގުޅައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބޭނުންވާ ކޮންމެ އެއްބާރުލުމެއް ދޭނެ،". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު