2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބަށް އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކޮށްފިއެވެ.

އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ހޮވިފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވި އިންތިހާބުން ހިލަރީ ކްލިންޓަންއާއި ވާދަކޮށް ޓްރަމްޕް ކާމިޔާބު ކޮށްފައިވަނީ 60 އިންސައްތަ ހޯދައިގެންނެވެ.

އޭނާގެ މައްޗަށް އެ އިންތިހާބުގައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކޮށްފައިވަނީ އެމެރިކާގެ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާއިއެކު ޓްރަމްޕް ބޭއްވި ނަހަމަ ގުޅުން ސިއްރު ކުރަން ފައިސާދީ، އެފައިސާ ދިންކަން ލިޔެކިޔުންތަކުން ނުފެންނަ ގޮތް ހެދި މައްސަލައިގައި މިއަދު ކޯޓަށް ހާޒިރު ކޮށްފައެވެ.

މިމައްސަލައިގައި އޭނާ ކޯޓަށް ހާޒިރު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ވަނީ 34 ދައުވާއެއް އުފުލާފައެވެ.

މި ދައުވާގެ އިތުރުން ދައުލަތުގެ ވަކީލުން ވަނީ 2016 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަޒާހަތްތެރިކަން ނަގާލަން ޓްރަމްޕް މަސައްކަތް ކުރި ކަމަށް ތުހުމަތު ކޮށްފައެވެ.

ދައުލަތުގެ ވަކީލުން ތުހުމަތު ކުރާ ގޮތުގައި ޓްރަމްޕް ވަނީ އިންތިހާބާއި ބެހޭ ގޮތުން ނުރަނގަޅު މައުލޫމާތުދީ، އެއިންތިހާބަށް ނުފޫޒު ފޯރުވުމަށް ބަޔަކަށް 130،000 އެމެރިކާ ޑޮލަރު ދީފައެވެ.

މިކަން އޭނާ ކޮށްފައިވަނީ ފައިދާއެއް ހޯދުމަށް ނަމަވެސް، އެކަމާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާއެއް އުފުލާފައި ނުވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮދުރޭ

    އަހަންނަށް އިނގޭ ނަހަމަ ގުޅުންތައް ބޭންދީ ކޮން
    ޕޮންސްޓަރ އަކާ ކަން އެއީ މިއާ ހަލީފާ

  2. Anonymous

    ބުރުމާ ވެސް އެދަނީ 2023 ގެ އިންތިޚާބަށް ނުފޫޒު ފޯރުވަމުން. ބުރުމާގެ މައްސަލަތައް ވެސް ފަހުން ބަލަންޖެހޭނެ.