އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕްއާއި ދެކޮޅަށް އުފުލި ދައުވާގެ އަޑުއެހުންތައް ނިމުމާއި އެކީ އޭނާ ނިއުޔޯކު ދޫކޮށް ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެމެރިކާގެ ބަރަހަނާ ފިލްމު ކުޅޭ، ސްޓޯމީ ޑެނިއަލްސްއާއި އެކީ ނަހަމަ ގުޅުމެއް ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވާ ޓްރަމްޕް މިރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށް، ނިއުޔޯކުގެ މަންހަޓަން ކޯޓަށް ހާޒިރު ކޮށްފައެވެ.

ކޯޓުގައި ގިނައިރުތަކެއް ވަންދެން އޭނާ ހުރިއިރު، އޭނާގެ މައްޗަށް ދައުލަތުން ވަނީ 34 ދައުވާއެއް އުފުލާފައެވެ. އެ ދައުވާ އޭނާއަށް އިއްވުމުން އޭނާ ވަނީ ދައުވާ ސާފުވެއްޖެ ކަމަށް ބުނެފައެވެ. ނަމަވެސް ދައުވާތަކަށް އިންކާރު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެއަޑުއެހުންތައް ނިމުމުން ޓްރަމްޕް ވަނީ ކޯޓު ދޫކޮށް ގޮސްފައެވެ.

މީޑިއާ ރިޕޯޓްތަކުން ބުނީ، އަޑުއެހުން ނިމުމުން މޯޓޯ ކޭޑުގައި ޓްރަމްޕް ނިއުޔޯކުގެ ލަގާޑިއާ އެއާޕޯޓަށް ގޮސްފައިވާ ކަމަށެވެ. އަދި އެއާޕޯޓުން އޭނާގެ ފްލައިޓް ފްލޮރިޑާއަށް ފުރާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ ފްލޮރިޑާއަށް ގޮސްފައިވަނީ އެސިޓީގައި ހުންނަ އޭޏާގެ މާ-އޭ-ލަގޯގައި މަޑު ކުރުމަށެވެ.

ފްލޮރިޑާއަށް ގޮސް މިރޭގެ ފަހުން ނޫސްވެރިންނާއި ޓްރަމްޕް ބައްދަލު ކޮށްފާނެ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުރަމްޕް

    ޓްރަމްޕްގެ މައްސަލައަކީ އޭނާގެ ވެރިކަމުގައި އިސްލާމީ ގައުމަކަށް ބޮންއަޅާ އަޅުވެތި ނުކުރުން. ބަރަހަނާ އޭ ފަޅޮލޭ ކިޔާ ހައްޔަރުނުކުރެވިގެން އެއުޅެނީ އެހެންވެ

  2. ޓުރަމްޕޫ

    ޓަރަނޕައް މިނިވަންކަން ރައްކާތެރިކަން ކަށަވަރު ވާންޖެހޭ
    އައްޗި ފިލުމުކުޅޭ އަނހެނެއް ކޮންމެ ކަމެއްވެސްކޮއްފާނެތާ
    ކޮބައިތޯ ހިއުމަންރައިޓް .