މެކްސިކޯގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިންޑިއާގެ ގޭންގް ސްޓަރ ދީޕަކް "ބޮކްސާ" އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ގެނެސްފި އެވެ.

އޭނާއަކީ އިންޑިއާގައި އެންމެ "ވޯންޓެޑް" އެކަކެވެ.

ދީޕަކް ހައްޔަރު ކޮށްފައި ވަނީ ދިއްލީ ފުލުހުންގެ ސްޕެޝަލް ސެލް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މިއީ އެފްބީއައި އާއި މެކްސިކޯ ގެ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މިއީ ދިއްލީ ފުލުހުން ގައުމުން ބޭރުގައި ހިންގި އޮޕަރޭޝަނެއްގައި ގޭންގްސްޓާރަކު ހައްޔަރުކުރި ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެވެއެވެ.

ލޯރެންސް ބިޝްނޯއީ ގޭންގާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ގޯގީ ގޭންގުގައި އިސްކޮށް އުޅުނު ދީޕަކް ހައްޔަރު ކުރަން އެހީތެރިވެވޭ ފަދަ މައުލޫމާތު ދިން މީހަަށް ތިން ލައްކަ ރުޕީސްގެ އިނާމެއް ވެސް ހުށަހެޅިއެވެ.

ހަރްޔާނާގެ ސޮނީޕަތު ޑިސްޓްރިކްޓްގެ ގަންނައުރަށް ނިސްބަތްވާ ދީޕަކްއަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިންޑިއާގައި މީހުން މެރުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އިތުރުން 10 މައްސަލައެއްގައި ހޯދަމުން އަންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިންނި

    ގޭންގް ސްޓާރުންނަކީ ގަދަބައެއްނޫން… އެއީ ފަގީރު ބައިގަނޑެއް… ރަނގަޅުގޮތުގައި އެއްޗެއްހޯދަންނޫޅެ ހާރާންގޮތުގައި އެއްޗެތިހޯދައިގެންއުޅޭނީ…ހިތުން މާގަދަބައެއް… އެއަށްވުރެ މާގަދަވާނެ ކިޔަވައިގެން ހުންނަ ބަސްއަހާ ކުއްޖާވެސް… ސްމާޓްވާނެ … ތިޔައުޅޭބައިގަނޑުހެން ގަމާރެއް ނުވާނެ…

    21
    1
    • ޕީޖޭ

      ގޭންގު ސްޓާރުން މަރުވީމަ އުޅޭ ގޮތް ބަލާލާ ހިތްވަނީ..

      6
      1
      • މުބީނު

        ތި ދެން ކޮން ވާހަކަ އެއް!

        3
        1