އަސްކަރީ އޮޕަރޭޝަން މިވަގުތައް ނިމިއްޖެ ކަމަށް އިސްރާއީލުން ބުނެފިއެވެ. ޣައްޒާ އާއި ލުބުނާންގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް އިސްރާއީލުން އިއްޔެ އާއި ރޭ ހަމަލާތައް ދިނީ އަޤުޞާ މިސްކިތުގެ ހުރުމަތް ކަނޑައި އިސްރާއީލުން ހިންގި ޖަރީމާތަކާއި ގުޅިގެން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަމާޒުވާން ފެށުމުންނެވެ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާން ދެންމެ ބުނީ އިސްރާއީލްގެ އަސްކަރީ އޮޕަރޭޝަން މިވަގުތައް ނިމިފައިވާ ކަމަށެވެ. "އެއްވެސް ބަޔަކު ބޭނުމެއް ނޫން މިވަގުތު ހަނގުރާމަ ކުރާކަށް." ތަރުޖަމާން ބުންޏެވެ.

އިސްރާއީލުން އަސްކަރީ އޮޕަރޭޝަން ހުއްޓާލުމުން ރޮކެޓް ހަމަލާތައް ވެސް ހުއްޓޭނެ ކަމަށް އުއްމީދު ކުރާކަމަށް ވެސް ތަރުޖަމާން ބުންޏެވެ. "ހަމަޖެހުމަށް ޖަވާބު ދޭން ވާނީ ވެސް ހަމަޖެހުމުން. އެކަން ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި ފެންނާނެ ކަމަށް އުއްމީދު ކުރެވޭ." ތަރުޖަމާން ބުންޏެވެ.

އަސްކަރީ އޮޕަރޭޝަން ނިމިއްޖެކަމަށް އިސްރާއީލުން މިއިއުލާން ކުރީ ލުބުނާނުން އިސްރާއީލަށް ރޮކެޓް ހަމަލާތައް އަމާޒުވާން ފެށުމުން ހަނގުރާމައެއްގެ ތެރެއަށް ވަންނަން ޖެހިދާނެތީ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ބުރާސްފަތި ދުވަހު ލުބުނާނުން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނީ ހަމާސް ޖަމާއަތުގެ މުޖާހިދުން ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ. ނަމަވެސް އިސްރާއީލުން ލުބުނާނަށް ހަމަލާ ދިނުމުން ރައްދުގައި ހިޒްބުﷲ އިން ހަމަލާއެއް ދީފިނަމަ ހަނގުރާމައެއް ފެށިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވޭއެވެ. 2006 ވަނަ އަހަރު ވެސް އިސްރާއީލާއި ހިޒްބުﷲ އާއި ދެމެދު 34 ދުވަސް ވަންދެން ހަނގުރާމައެއް ކުރިއަށް ދިޔައެވެ. ހިޒްބުﷲ އަކީ ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތައް ވުރެ އަސްކަރީ ގޮތުން ބާރުގަދަ، ގިނަ ހަތިޔާރު ވެސް ގެންގުޅޭ ޖަމާއަތެކެވެ. އެޖަމާއަތާއި އީރާން ސަރުކާރާއި ގާތް ގުޅުމެއް އޮތުމުން ފަސޭހައިން ހަތިޔާރު ލިބެން ވެސް ލިބެއެވެ.

އިސްރާއީލުން މިވަގުތައް އަސްކަރީ އޮޕަރޭޝަން ނިންމާލިކަން އިއުލާން ކުރި ނަމަވެސް ގުދުސްގައި އިސްރާއީލުން ހަމަނުޖެހުން ހިންގައި، އަޤުޞާ މިސްކިތުގެ ހުރުމަތް ކަނޑާނަމަ ހަމަލާތައް ބަދަލު ކުރުން ފެށިދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕުޓިން

    ކޮބާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު ؟ ކޮބާ އ.ދ ؟!

    19
  2. ރެޑްއެލާޓު

    ހިޒްބުﷲ މިލިޓެންޓުންނަކީ އީރާނުން އުފެއްދި ގުރޫޕެއް 1 ލައްކަ ވެންގެ ލަޝްކަރެއް ލުބުނާނުގެ
    މިލިޓަރީއަށްވުރެ އެތެއްގުނަ ބާރުގަދަބައެއް 2006 ގެ ހަނގުރާމަގައި އިސްރާއީލް ހަމަބިމައްތިރިކުރި
    އިންޓަލް ރިޕޯޓުންބުނަނީ ހިޒްބުﷲ އަތުގައި2 ލައްކަ ބެލެސްޓިކް މިސައިލުގެ ރިޒާވެއް ބިމުގެ ޓަނަލްސްތަކުގައިވާކަމަށް

    15
  3. ބިރުން

    އިސްރާއީލް ބިރުގަނެއްޖެ އެމީހުން އިމަޖެންސީ
    ބައްދަލުވުމެއް ބޭންދީ ލުބުނާނުން ރޮކެޓް ހަމަލާ
    ފުނުވުމުން ފަހަތުގައިވަނީ ހިޒްބުﷲ އަތެއްކަމަށް
    ހީކޮށް ބިރުން..ހިޒްބުﷲ އާއި ކުރިމަތިލުމެއް ހިނގައިފިއްޔާ އިސްރާއީލު ފުނޑުފުނޑުވާނެ

    20
  4. ޙާމަނާއީ

    މީ ހަނގުރާމަ ކުރަން އެންމެ ރަގަޅު ވަގުތު.. އެތެރެއާއި ބޭރުންވެސް އިޒްރޭލް އޮތީ ފިތިފައި..

    25
  5. ޓޫއިސް

    ކޮންމެ އަހަރެއްގެވެސް ރަމަޟާންނަހަކީ ޔަހޫދީން ވަރުގަދަ ހަމަލާ ތަކެއް ދެމުން ގެދާބައެއް. މުސްލިމުން ގެ އަޅުކަމަކީ އިޒްރޭލުން ކެތްތެރިކަން ހައްދުން ނެއްޓޭކަމެއް.

    19
    1