އިސްރާއީލްގެ ދެ މީހަކު މިއަދު މަރާލައިފިއެވެ.

އެ ދެ މީހުން މަރާލާފައި ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އެ ގައުމުގެ މީހަކު ދިން ހަމަލާއެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މަރާލާފައި ވަނީ ދެ އަންހެނުންނެވެ.

މެޖެން ޑޭވިޑް އަޑޮމް އެމްބިއުލާންސް ސާވިސް އިން ބުނާގޮތުގައި، ހަމްރާ ޖަންކްޝަން ކައިރީގައި އޮންނަ ރޫޓް 57 ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކާރެއްގައި ޒަހަމްވި ތިން މީހަކަށް އެ ކުންފުނީގެ ޑޮކްޓަރުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބަޑީގެ ހަމަލާތައް އަމާޒު ކުރުމުގެ ތެރެއިންނެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކުން މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ އިސްރާއީލުގެ ކާރަށް ބަޑީގެ ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށެވެ.

އެ ހަމަލާގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާއިރު، ތިން ވަނަ މީހާއަށް ދަނީ ފަރުވާ ދެމުންނެވެ.

އެގޮތުން ތިން ވަނަ މީހާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މެޖެން ޑޭވިޑް އަޑޮމް އެމްބިއުލާންސްގެ ހިދުމަތުން ބުނީ 45 އަހަރުގެ އެ އަންހެން މީހާ ހެލިކޮޕްޓަރުގައި ގުދުސްގެ ހަދަސާ ހޮސްޕިޓަލް އީން ކެރެމްއަށް ގެންދިއުމުގެ މަސައްކަތް އެ ގައުމުގެ ޑޮކްޓަރުން ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި މަރުވި ދެ މީހުންނަކީ އުމުރުން 20ގެ އަހަރުތައް ގުނަމުންދާ މީހުންނެވެ.