އިސްރާއީލުގެ ވެރިރަށް، ޓެލް އަވިވްއަށް ހަމަލާދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޓެލް އަވިވް އަށް ހަމަލާދީފައިވަނީ ބަރު ހަތިޔާރު ބޭނުން ކޮށްގެންނާއި ދުއްވާފައި ދިޔަ ކާރަކުން ގިނަ ބައެއްގެ ގައިގައި ޖައްސައިގެންނެވެ.

މިހަމަލާގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު، ހަ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޭގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

އިސްރާއީލުގެ ފުލުހުން ބުނެފައިވަނީ ހަމަލާދީފައިވަނީ އެސިޓީގެ ދެ ސަރަހައްދެއްގައި ކަމަށެވެ. އަދި މިހާރު ހަމަލާ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިސްރާއީލްގެ ވެރިރަށަށް ހަމަލާ ދީފައިވަނީ އެގައުމުން ލުބުނާނަށާއި ޣައްޒާއަށް ހަމަލާތަކެއް ދެމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު