ދާދި ފަހުން އާއްމުވި ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިއާގެ ވެސްޓް ބެންގާލްގެ މީހަކު، އޭނާގެ ޓެރަސްމަތީގައި ބިސްގަނޑެއް އަޅާތާ ތަނެވެ. ހައިރާންވާ ކަމަކީ އޭނާ މިކަން ކުރަނީ ސްޓޯވްއެއް ނުވަތަ ގޭހެއް ނެތި، ހަމައެކަނި އިރުގެ އަލިގަދަ ހޫނު ބޭނުންކޮށްގެންނެވެ.

މިއިންވެސް އެނގެނީ އިންޑިއާއަށް މި ދުވަސްވަރު ހޫނު ވެފައިވާ މިންވަރެވެ.

މި ވީޑިއޯ ފަށަނީ މެންދުރު ފަހު ގޭގެ ޓެރަސްމަތީގައި މީހަކު ހުއްޓިގެން ތަވައެއް ހިފައިގެން ހުންނަ މަންޒަރުންނެވެ. ބެންގާލް އަށް ނިސްބަތްވާ މި މީހާ ދެން ކުރިއަށް ދަނީ ހަމައެކަނި އިރުގެ ގަދަ ހޫނު ބޭނުންކޮށްގެން ބިސްގަނޑެއް ތައްޔާރު ކުރާ ތަނެވެ.

މި ވީޑިއޯ މިހާރު ވަނީ ވަރަށް ބޮޑަށް އާއްމުވެވެ އެތައް ބަޔަކު ހައިރާން ކޮށްލައިފައެެވެ.

މި ވީޑިއޯ ފޭސްބުކްގައި ޝެއާކޮށްފައި ވަނީ "ޕުޗު ބާބޫ" ނަމަކަށް ކިޔާ މީހެކެވެ.

އޭނާގެ ވީޑިއޯގެ ކެޕްޝަންގައި ބުނެފައި ވަނީ "46 ޑިގްރީ ސެލްޝިއަސްގައި ޓެރަަސް މަތީގައި ބިސްގަނޑެއް އަޅާލަނީ. ކިހިނެއް؟. މިހެންނެވެ.


އެ ވީޑިއޯއިން ފެންނަނީ އެ މީހާ ތަވާ ޓެރަސްގެ ފާރުމަތީގައި ބަހައްޓައިގެން ބިހެއް، ހިފައިގެން ހުންނަތަނެވެ. އަދި އޭނާ ވަނީ އިރުގެ އަލިން ހޫނުވެފައި އެ ތަވައިގެ ތެރެއަށް ބިސް ފަޅައިލާފައެވެ. ހައިރާންވާ ކަމަކީ، އެ ބިސްގަނޑު ފުރިހަމައަށް އިރުގެ ދިލަ ހޫނުން ކެއްކޭތަން ތަން ފެނިގެން ދާތީއެވެ. އަދި އެއަށްފަހު ފިރިހެން މީހާ ވަނީ އޭގެން އެތިކޮޅެއް ކާލުމަށްފަހު މީރުކަން އިއުލާނުކުރެއެވެ.

އެ ވީޑިއޯއަށް މިލިއަނުން ވިއުސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚިހިނެތް؟

    ތަވާ ހޫނުކޮށްގެންވެސް އައިސްދާނެ .. ކޮންބައެއް ތިއީ ؟ ޥީޑިއޯހަދާ މީހުނެއްނު