ރަޝިއާގެ ދިފާއީ ބާރުތަކުން އޮޅިގެން ޔޫކްރެއިންގެ ކައިރީގައި އޮންނަ އެ ގައުމުގެ ސިޓީއަކަށް ބޮން އަޅައިފިއެވެ.

ރަޝިއާ އިން ބުނީ ބުރާސްފަތި ދުވަހު ޔޫކްރޭންގެ ބޯޑަރު ކައިރިއިން އެ މީހުންގެ ޖެޓްތަކުގައި ހުރި ބޮންތަކެއް އޮޅިގެން ދޫކޮށްލެވިފައިވާ ކަމަށެވެ.

އެ ބޮންތައް ވެއްޓުނީ ޔޫކްރޭން ބޯޑަރު ކައިރީގައި އޮންނަ އެ ގައުމުގެ ސިޓީއަކަށް ކަމަށްވާ ބެލްގޮރޯޑަށް ކަމަށް ރަޝިޔާއިން ބުނެއެވެ.

ބެލްގޮރޯޑް ސަރަހައްދުގެ ގަވަރުނަރު ވިޔަޗެސްލާވް ގްލަޑްކޯވް ވިދާޅުވީ ބޮން ވެއްޓި ގޮވުމުގެ ސަބަބުން ހަތަރު އެޕާޓްމަންޓަކާއި ހަތަރު ކާރަކަށް ގެއްލުންވި ކަމަށެވެ. އަދި ކަރަންޓް ލައިންގެ ދަނޑިތައް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވި ގަތުގައި ގޮވުމުގެ ސަބަބުން އެ ސިޓީގެ މެދުގައި ގާތްގަނޑަކަށް 20 މީޓަރުގެ ފުޅާމިން ހުރި ބޮޑު ވަޅުގަނޑެއް ވަނީ އުފެދިފައެވެ. އަދި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ޔޫކްރޭނަށް ސިފައިން ފޮނުއްވި ފަހުން ބެލްގޮރޯޑް ސަރަހައްދަށް ތަކުރާރުކޮށް ބޮން ގޮއްވާލާފައިވެއެވެ.

ޖެނުއަރީ މަހު ޕޫޓީން ވިދާޅުވީ އެ ސަރަހައްދުގައި ބޮން ގޮއްވަން ފެށިފަހުން 25 މީހުން މަރުވެ 90 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު