އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

6.4 މެގްނެޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ އުތުރު މޮލޫކާ ކަނޑުގެ ސަރަަހައްދަށެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސް (ޖީއެފްޒެޑް) އިން ބުނީ އިންޑޮނޭޝިއާ ކައިރީގައި އޮންނަ އުތުރުގެ މޮލޫކާ ކަނޑުގެ ސަރަހައްދަށް 6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިން ކަމަށް ޖީއެފްޒެޑް އިން ބުނެފައި ވެއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ ބިރެއް ނެތް ކަަމަށް ބުނެފައި ވެއެވެ.

އިންޑޮނޭޝިއާގައި "ޕެސިފިކް ރިންގް އޮފް ފަޔަރ" ނަމަކަށް ކިޔާ މި ސަރަހައްދަކީ ވަރަށް އެކްޓިވް ސިސްމިކް ޒޯނެކެވެ. އެހެންކަމުން އެ ސަރަހައްދުގައި ބިންހެލުމާއި އަލިފާން ފަރުބަދަތައް އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު