އިންޑިއާ މީހަކު ލަކީ ޑްރޯއެއްގައި ބައިވެރިވެގެން ލިބުނު 50 ގްރާމްގެ ރަން ހޯދުމަށް 22 އަހަރު ވަންދެން ކޯޓުތަކަށް ހިނގި މީހަކަށް އެ ރަން ލިބިއްޖެއެވެ.

ސޮފްޓް ޑްރިންކެއް ގަނެގެން އޭގެ މަތިގަނޑުގައި އިންނަ އިނާމު ލިބޭ ލަކީޑްރޯއެއް 2001 ވަނަ އަހަރު ވަނީ ހިންގާފައެވެ. މި ލަކީޑްރޯގެ ދަށުން އިންޑިޔާގެ އާގްރާގައި އުމުރުން 52 އަހަރުގެ ޝިޔާމް ލަވަންޔާއަށް ވަނީ 22 ކެރެޓްގެ 50 ގްރާމް ރަން ލިބިފައެވެ. ލަވަންޔާގެ ދަރިފުޅުގެ އުފަންދުވަހު ދަރިފުޅަށް ގަނެދިން ފުޅިއެއްގެ މަތިގަނޑުގައި އިނީ 22 ކެރެޓްގެ 50 ގްރާމް ރަނެވެ.

އެ ރަން ހޯދުމަށް އޭނާ ވަނީ އެކުންފުނީގެ ފިހާރަތަކަށް އަދި އެކުންފުނީގެ އެކި ބްރާންޗުތަކަށް ގޮސްފައެވެ. ނަމަވެސް އެ އިނާމު އޭނައަށް ނުލިބުނެވެ. އެހެންކަމުން މިމައްސަލަ ޑިސްޓްރިކްޓް ކޮންޒިއުމާ ފޯރަމަށް ހުށަހެޅީއެވެ. ލަވަންޔާއަށް ލިބުނު ރަނަށްވާ އަގު އޭނައަށް ދިނުމަށް ކޮންޒިއުމާ ފޯރަމުން ވަނީ އެކުންފުންޏަށް އަންގާފައެވެ.

އެ އަމުރަށްވެސް ކުންފުނިން ތަބާނުވުމުން އެ ފޯރަމުން ވަނީ މިމައްސަލަ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.

މިމައްސަލަ ކުރިޔަށްދިޔައިރު 100 އަޑުއެހުން ވަނީ ބާއްވައިފައެވެ. އެހެންކަމުން ލަވަންޔާގެ އެކުވެރިން ބުނަމުން ދިޔައީ އޭނަ ކުރަނީ ބޭކާރު ކަމެއް ކަމަށާއި އަތުން ބޭކާރު ހަރަދެއް ކުރާ ކަމަށެވެ. އަދި އެތައްފަހަރަކު މަތިން މިމައްސަލަ އެހިސާބުން ނިންމާލުމަށާއި ތިއީ ދުވަހަކުވެސް ލިބޭނެއެއްޗެއް ނޫންކަމަށް ވަނީ ބުނެފައެވެ.

މިމައްސަލަ ކޯޓުތަކަށް ދިޔަ ހިސާބުން އެކުންފުނިންވެސް ގުޅާފަ ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށް ވަނީ އެދިފައެވެ. ނަމަވެސް ލަވަންޔާ ބޭނުންވީ އޭނަގެ ހައްގު ހޯދުމަށެވެ.

މިމައްސަލައިގައި ހެކީގެ ގޮތުގައި ލަވަންޔާ ހުށަހެޅީ އޭނަ 1980 ރުޕީސްއަށް ގަތް ފުޅިތަކުގެ ބިލާއި އެ އިނާމު ހޯދުމަށް އޭނަ ކުރި ދަތުރުތަކުގެ އަގު އެނގޭ ބިލްތަކެވެ. މި ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ނިމިގެންދިޔައީ 22 އަހަރު ފަހުން ލަވަންޔާއަށް 22 ކެރެޓްގެ 50 ގްރާމް ރަން ލިބޭ ގޮތަށެވެ.

11 އޭޕްރީލް 2023 ވަނަ އަހަރު ސްޓޭޓް ކޮންޒިއުމާ ޑިސްޕިއުޓް ރިޑްރެސަލް ކޮމިޝަނުން އެންގީ ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި ލަވަންޔާއަށް ލިބުނު އިނާމު ނުވަތަ 50 ގްރާމް ރަނުގެ އަގަށްވާ ފައިސާ އޭނާ އަށް ދިނުމަށެވެ.

މީގެއިތުރުން ލަވަންޔާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 5،000 ރުޕީސްއިން އެކުންފުނި ވަނީ ޖޫރިމަނާކޮށް ފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަދޫމް އިންސާފު

    ކިހާ ހެއްވާ ހުކުމެއް. މީގަ ކޮބާ އިންސާފު ލިބިފައި. އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި ކުންފުނި 5000 ރުޕީސްއިން ޖޫރިމަނާކޮށް އެ ޖޫރިމަނާ ސަރުކާރަށް. އޭނާއަށް ލިބުނީ އެ އިނާމަށްވާ ފައިސާ. އެ އިނާމެއްވެސް ނޫން.

    4
    1
  2. ައަހުމަދު

    މިރާއްޖެގައި ނަމަ ތިވަރުވެސް ނުވީސް ކަން ޔަޤީން އެއީ މުއްސަނދިންނަށް މޮޅުގޮތް ނިކަމެތިންނަށް ދެރަގޮތް މިޤައުމުގައި އޮންނަނީ.