އެމެރިކާގައި މާބަނޑު މީހުން ދަރިން ވައްޓަން ބޭނުން ކުރާ ބޭހެއް އެގައުމުގެ ކޯޓަކުން މަނާ ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން އެއަމުރު ބާތިލްކޮށް އެބޭސް ބޭނުން ކުރުމުގެ ވަގުތީ ހުއްދައެއް ދީފިއެވެ.

ޑެންކޯ ލެބޯޓްރީސް ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ ބޭސް ބޭނުން ކުރުން މަނާކޮށް އަމުރެއް ނެރުނީ ޓެކްސަސްގެ ކޯޓަކުންނެވެ. އެއާއިއެކު އެމެރިކާ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ދަރިން ވެއްޓުމަށް ބޭނުން ކުރާ ބޭހަށް ވަގުތީ ހުއްދައެއް ސުޕްރީމް ކޯޓުން ދިނުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ބައިޑެން އާއި އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސިޔާސަތަކީ މަންމަ ބޭނުން ވެއްޖެނަމަ ދަރިން ވެއްޓުމުގެ ހުއްދަ ދިނުމެވެ.

ނަމަވެސް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންނަކީ ދަރިން ވެއްޓުން ވަރަށް ހާއްސަ ހާލަތެއްގައި ފިޔަވައި ހުއްދަ ނުކުރެވޭނެ ކަމަށް ވަކާލާތު ކުރާ މެންބަރުންނެވެ.

ދަރިން ވެއްޓުމަށް ބޭނުން ކުރާ ބޭސް ޓެކްސަސްގެ ކޯޓަކުން މަނާ ކުރި މައްސަލައިގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނު ނަމަވެސް އެމައްސަލަ އަށް އަދި ގާނޫނީ ހައްލެއް ނުލިބެއެވެ. މިހާރު ސާކެޓް ކޯޓެއްގައި އޮތް އެމައްސަލައިގެ އަޑުއެހުމެއް މެއި މަހުގެ 17 ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.

މި ބޭހަކީ ދަރިން ވައްޓާ އެމެރިކާ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބޭނުން ކުރާ ބޭހެކެވެ. އެހެންކަމުން މި ބޭސް މަނާ ކޮށްފިނަމަ އެމެރިކާގެ މާބަނޑު އަންހެނުން ދަރިން ވެއްޓުން މަދުވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ މީީޑިއާތަކުން ބުނާ ގޮތުގައި ދަރިން ވެއްޓުމަށް ބޭނުން ކުރާ ބޭހުގެ މައްސަލަ ދަށު ކޯޓުން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް އަދި ސުޕްރީމް ކޯޓާއި ހަމައަށް މައްސަލަ ދާނެއެވެ. އެފަދަ ހާލަތެއްގައި ދަރިން ވެއްޓުމަށް އިންތަކެއް ސުޕްރީމް ކޯޓުން ކަނޑައަޅާނެ ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ އެމެރިކާގެ ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު މިހާރު އޮންނަނީ ކޮންޒަވޭޓިވް ފިކުރުގެ ފަނޑިޔާރުންނަށް ކަމަށް ވުމުންނެވެ. ކޮންޒަވޭޓިވް ފިކުރުގެ މީހުންނަކީ ދަރިން ވެއްޓުމާއި ދެކޮޅު ފިކުރުގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެން މިރާއްޖޭގައި ވެސް ތިގޮތަށް ހަރާން ދަރިންނާއި ހަލާލު ދަރިން މަރަން ފަށާނެ. ބުނާނެ އެއީ އިންސާނީ ހައްގެކޭ. ފަހުން ނަރަކައަށް ދާންޖެހުނަސް ބިރަކާ ނުލައި އެކަން ކުރާނެ މީހުން އެބައުޅޭ.

    10
    1
  2. Anonymous

    އެބޯރޝަން އަކީ އިންސާނީ ހައްގެއް!!!