ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު އެއް ޑްރަގް ޑީލަރުކަމަށްވާ މެކްސިކޯއަށް އުފަން ޖޯކުއިން ގުޒްމާން ލޮއެރާ، 'އެލްޗާޕޯ'ގެ ދަރިން އެމީހުންނަށް ހަސަދަވެރިވި މީހުން މިނިކާވަގަށް ކާންދިން ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެމެރިކާގެ ޖަސްޓިން ޑިޕާޓްމެންޓުގެ ދައުވާ ފޯމަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ، އެލްޗާޕޯގެ 4 ދަރިން ކަމަށްވާ އޮވިޑިއޯ ގުޒްމާން ލޮޕޭޒް، ޖީސަސް އަލްފްރެޑޯ ގުޒްމާން ސަލަޒާ އާއި އިވާން އާޗިވަލްޑޯ ގުޒްމާން ސަލަޒާ އެމީހުންނަށް ހަސަދަވެރިވި މީހުންނަށް ވަރަށް ލާއިންސާނީ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށެވެ.

"ޗަޕިޓޯސް" ނުވަތަ "ޗާޕޯސް" ގެ ނަމުން މަޝްހޫރުވެފައިވާ އެކުދިންނަކީ މިދިޔަ މަހު އެލްޗާޕޯއަށް ވަފާތެރި މީހުންގެ ތެރެއިން ހައްޔަރު ކުރި 28 މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

ރިޕޯޓްތަކުން ބުނީ، އެމީހުންނަށް ހަސަދަވެރިވި މީހުންނަށް އަނިޔާ ކުރުމަށް، ކޯކް ސްކްރިއު، ކަރަންޓު ޖެއްސުން އަދި ކުޅި މިރުސް ވެސް ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ދިރިތިއްބާ މިނިކާވަގަށް ވެސް ކާންދީފައި ހުރި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެމީހުންނަށް އަނިޔާ ކުރަނީ އެމީހުންގެ ފަރާތުން ބޭނުންވާ މައުލޫމާތު ލިބުމުން ކަމަށާއި، އަނިޔާގެ ތެރެއިން މަރުވުމުން ވެސް ހަށިގަނޑު ނައްތާލަން މިނިކާވަގަށް ކާންދީފައި ހުރި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނީ، 2017 ވަނަ އަހަރު ފުލުހުންގެ ދެ އޮފިސަރަކު ރަހީނުކޮށް ވެސް އެލްޗާޕޯގެ ދަރިންތައް އެމީހުންނަށް އަނިޔާ ކޮށްފައިވާ ކަމަށެވެ. އެގޮތުން 2 ގަޑިއިރު ވަންދެން ކޯކް ސްކްރިއު ބޭނުންކޮށްގެން އެމީހުންގެ ހަންގަނޑު ނައްޓައި، ހަންގަނޑު ނެއްޓުނު ތަނުގައި ކުޅި މިރުސް ހާކައި އަނިޔާ ކޮށްފައިވާ ކަމަށާއި އެމީހުން މަރާލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    އެމެރިކާއިން މީހުނަށް ނުކުރާވަރުގެ އަނިޔާއެއްގެ އަޑު އަދި ނީވޭ. ގިއަންޓަނާމޯ ބޭޖަލުގައި މުސްލިމުންނަށް ކުރި އަނިޔާ އާއި އިރާގާއި އަފްގާނިސްތާނުގައި ކުރި އަނިޔާއާއި އެމީހުން މެރިގޮތް ހެއްކަކަށް ފުދޭނެ.

    23
    1
  2. Japanese

    /މެކްސިކޯ އަކީ ވަރަށް ނުރައްކާތެރި ތަނެއް