އިންޑިއާގެ ރާޖަސްތާނުގެ ޑުންގަރްޕޫރު މެޑިކަލް ކޮލެޖުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޑުންގަރްޕޫރު މެޑިކަލް ކޮލެޖުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ވޯޑުގައެވެ. މި ހާދިސާއާ ގުޅިގެން 12 ކުއްޖަކު ވަނީ ސަލާމަތް ކޮށްފައެވެ.

އެ ކޮލެޖުގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ މަހެންދުރަ ދާމޯރު އޭއެންއައި އަށް ވިދާޅުވީ އަލިފާން ނިއްވާލީ އަލިފާން ނިއްވާ މީހުންގެ މަސައްކަތުން ކަމަށާއި 12 ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފަޔާ ސޭފްޓީ އޮފިސަރު ބާބޫލާލް ޗައުދަރީ ވިދާޅުވީ އަލިފާން ރޯވެފައިވަނީ އަލަށް އުފަންވާ ކުދިންނަށް ހައްސަ ވޯޑުގައި ކަމަށާއި ނަމަވެސް ފަޔާ ޓީމުގެ މަސައްކަތުން އެވަގުތު އެތަނުގައި އެޑްމިޓްކޮށްފައި ތިބި ކުދިން ހުސްކުރި ކަމަށެވެ.

"ތުއްތު ކުދިންގެ ވޯޑުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ހޮސްޕިޓަލުން އަޅުގަނޑުމެންނަށް ލިބުނީ. ތިން ވެހިކަލަކާއެކު ޓީމާއެކު އެ ސަރަހައްދަށް އަޅުގަނޑުމެން ދިޔައި، ދުން އަރަމުން ދިޔަ ނަމަވެސް އަލިފާން ނިއްވާލުމާއެކު ރައްކާތެރިކަމާއެކު އެ ކުދިން އެ ވޯޑު ތެރެއިން ނެރުނީ.". އޭނާ ވިދާޅުވިއެވެ.

މި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު