އޭނާ ދުވަހަކު ވެސް ބަނގުރާ ބޮއެފައި ނުވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

މަޝްހޫރު ނޫސްވެރިޔާ ޕިއާސް މޯގަން އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ އޭނާ ދުވަހަކު ވެސް ރާ ބޮއެފައި ނުވާ އިރު، ދުންފަތުގެ އިސްތިއުމާލް ވެސް ނުކުރާ ކަމަށެވެ.

ޓްރަމްޕް ބުނީ އެކަންކަން ނުކުރަން އޭނާގެ ދަރިންނަށް ވެސް އިރުޝާދު ދޭ ކަމަށެވެ.

"އަޅުގަނޑު ބުނަން ހަމަ ދުވަހަކުވެސް މަސްތުވާތަކެއްޗާއި ސިނގިރެޓާއި އަދި ރާވެސް ނޮބުން ދަރިން ކައިރީގައި" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕަކީ ޓެޓޫ ޖަހަން ވެސް ވަރަށް ދެކޮޅު ހަދާ މީހެކެވެ. ޓްރަމްޕް ބުނީ އެއީ ގެއްލުން ހުރި ކަމެއް ކަމަށެވެ.

ރަލާއި މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ޓްރަމްޕް ބުނި އިރު ނިމިގެން ދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވަނީ ވާދަވެރި ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޖޯ ބައިޑެންގެ ދަރިކަލުންނަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ބޭފުޅެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އާންމުކޮށް ޓްރަމްޕްއަކީ ޑިމޮކްރެޓުންނާ ހިލާފަށް ވަރަށް "ކޮންސަވޭޓިވް" މީހެކެވެ. އެގޮތުން ޖިންސު ބަދަލުކުރުމާއި، އެއް ޖިއްސުން ގުޅުން ހިންގުމާއި އެބޯޝަން ފަދަ ކަންކަމަކީ ޓްރަމްޕް މާ ގަޔާވާ ކަންކަމެއް ނޫނެވެ.

ނަމަވެސް ޓްރަމްޕް އަކީ ވަރަށް ގިނަ އަންހެނުންނާ ގުޅުން ބާއްވާފައިވާ މީހެކެވެ. އަދި އަންހެނުންނަށް ފުރައްސާރަވެސް ކޮށްފައިވާ ކަމަށް ގިނަ އަންހެނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޖިންސު ބަދަލުކުރުމާ ދެކޮޅު ހަދާ ކަމަށް ބުނިއިރު މިހާރުވެސް އެމެރިކާގައި ތިރީސް އެތައް ޖެންޑާއެއް އޮވޭ. ޤާނޫނަކުން ފާސްކޮށްފައި. ހެހެ.
    ދެން ޓްރަމްޕު ބުނިއްޔާ އަދި އަހަރެމެން އިސްލާމުން، އެމެރިކާއާއި އެތާނގެ ވެރިންގެ ގޮތް ދަންނަ މީހުން އަދި ޤަބޫލުކުރާކަށް ނުޖެހޭ.