ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން ޗައިނާއާ ގުޅުން ބަދަހި ކުރުމުގެ ފަހަތުގައި ބޮޑު ސިއްރުތަކެއް ވާ ކަމަށް އެ ގައުމުގެ މީޑިއާ އިން ހާމަކޮށްފިއެވެެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޓްރިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ޗައިނާއާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ސައުދީ ޕްރިންސް ވަނީ ނިންމަވައިފައެވެ. އެގޮތުން ޗައިނާގެ އެހީގައި ސައުދީގެ ހަނަފަސް ސަހަރާއެއްގައި ބޮޑު ރަށެއް ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ.

ދެހާސް ސާޅީސް ވަނަ އަހަރަށް ތަރައްގީކޮށް ނިންމުމަށް ހަމަޖެހިފައިވާ މިރަށަކީ ކާބަން ފްރީ، ޓެކްނޮލޮޖީ ރަށެކެވެ. ސަތޭކަ މޭލު ދިގު މި ރަށުގައި ރޮބޮޓުން ހަރަކާތްތެރިވާ އިރު، ރަށުގެ ބީޗުތައް ރޭގަނޑު ދިއްލޭނެއެވެ.

ނަމަވެސް ގުދުރަތީ ހަނދުގެ ބަދަލުގައި އެރަށަށް ފެންނާނީ ތައްޔާރީ ހަނދެކެވެ. އުދުހޭ ޓެކްސީތަކާއި ޓެކްނޮލޮޖީގެ ގިނަ އުފެއްދުންތައް މިރަށުގައި ގާއިމުވާނެއެވެ. އެގޮތުން ރަށުގެ ހުރިހާ ދިމާލެއްގައި ކެމެރާތައް ހަރުކުރެވި ރަށުގެ ރައްޔިތުންގެ ހަރަކާތްތައް ދުރާއި ގާތުން ބަލަމުންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ޕްރޮޖެކްޓަށް ޗައިނާގެ ބޮޑު އެހީއެއް ލިބިގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރިލިޔަން ޑޮލަރުގެ މި ޕްރޮޖެކްޓާ ގުޅިގެން ސައުދީ ޕްރިންސް ވަނީ ޗައިނާގެ ރައީސް ޒީ ޖިންޕިން އާ މަޝްވަރާ ކުރައްވައިފައެވެ.

ސައުދީ ޕްރިންސް ތައްޔާރުކުރަން އުޅޭ ރަށަށް ބޭނުންވާ ހުރިހާ ޓެކްނޮލޮޖީއެއް ފޯރުކޮށްދިނުމަށް ޒީ ޖިންޕިން ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން މިހާރުވެސް އެމަސައްކަތަށް ބޭނުންވާ ބައެއް ސާމާނާއި ސީސީޓީވީ ކެމެރާތައް ޗައިނާއިން ވަނީ ހަދިޔާކޮށްފައެވެ.

ޕްރިންސްގެ މަގްސަދަކީ ޗައިނާ އާ ގުޅިގެން ތަކެތި ހޯދުން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

މިރަށް ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ ގައުމު ތަރައްގީކޮށް ކުރިއެރުވުން ކަމުގައި ޕްރިންސް ވަނީ ވިދާޅުވެފައެވެ.

އެ ގައުމުގެ މީޑީއާ އަށް ދެއްވި އިންޓަވިއުއެއްގައި ނިއޮމްގެ އެގްޒެކެޓިވް ޑިރެކްޓަރ ގިލްސް ޕެންޑްލްޓަން ވިދާޅުވީ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށާއި 2045 ވަނަ އަހަރުގައި އެރަށުގައި ނުވަ މިލިޔަން ރައްޔިތުން ދިރިއުޅޭނެ ކަމަށެވެ. އަދި އެ ރަށް 10 ބަޔަށް ބަހާލާފައިވާއިރު އެއް ބައި އެއީ ޒީރޯ ކާބަން ސަރަހައްދެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނިއު

    ސައުދީއިންވެސް ތިމާމެންނަ ނުކަތާ އަދި އިގްތިސޯދީގޮތުން ފީސިބަލް ނޫން ބައިވަރު މަޝްރޫތަކެއްގެ ވާހަކަ އެބަ ދައްކާ. މި ކަންކަން ކޮއްނިމެންދެން ސައުދީގެ ރަސްކަން އެކަތިގަނޑެއްގެގޮތުގައި ދެމިއޮވެދާނެކަމާއިމެދު ބަޔެއް ފަރާތްތަކުން ޝައްކުއުފައްދާ. އެމެރިކާއާއި ސައުދީއާއި ހަނގުރާމައެއް ފެށިގެން ދިޔުންވެސް ގާތެވެ.

    17
    9
    • އަންދަލުސް

      އިސްލާމީ ހަޘާރަތުން ކާފަރުން ވައްކަންކޮށް ކުރިޔަށް ދިއުމުގެ ފުރުސަތު ލިބުނީވެސް ބޯދާ ވިސްނުމުގެ މީހުން ގިނަވެ ދުނިޔޭގައި އުޅުމަކީ ބޭނުންކަމެއްނޫންކަމެއްދެކި ކަންތެތި ހޯދުމާއި އީޖާދުކުރުމަކީ ކުފުރުގެ ކަންތައްތަކެއްކަމަށް ދެކިގެން އުޅުނުބައިގަޑެއްގެ ވިސްނުން އާލާކުރުނުކަން! ތޫފާނެއް ނުވަތަ ބިންހެލުމެއް އަޔަސް އެއީ ދުނިޔެ ގިޔާމަތްވަނީކަމަށް ނިއްމާ ފޮށިތަންމަތިބަދެތިބުން! ދުބާއީ އާބާދު ކުރަންފެށިއިރުވެސް ތިކަހަލަ ވާހަކަ ދެއްކިމީހުން ބައިވަރު، އެމަޝްރޫއު ފެއްޓި ޕްރިންސް ދުނިޔޭގައި މިހާރަކުނެތް އެކަމަކު އޭނަގެ ފެށުން އަދިވެސް އެދަނީ ކުރިޔަށް!

      15
      9
      • އަޒްނާ

        ދުބާއީ އަކީ މިއަދު ޣައިރު މުސްލިމުން ހިންގ ހުރިހާ ކުޅިވަރެއް ހިންގޭތަނެއް. އިމާރާތް އަޅަމުންގޮސް އަވަދިވިޔަކަސް އަދި އިސްލާމް ދީނަކަށެއް ނުވަތަ އިސްލާމީ ހަޘާރަތަކަށް ވާފައިދާއެެއް ނެތެވެ. އަސްކަރީގޮތުން އަމިއްލަ ހަތިޔާރު ނުއުފެއްދޭ އަދި ޓެކްނޮލޮޖީ ނުއުފެއްދެންޏާ ކޮބާތޯ ކުރިއެރުމަކީ. ތެޔޮ ފައިސާއިން ކިތަންމެ ތަކެއްޗެއް ގަތަސް އެޔަށް އަދި އުފެއްދުންތެރިކަމޭ ނުވަތަ އީޖާދޭ ނުކިޔޭނެއެވެ. ރާއްޖެއަކީވެސް އުފެއްދުންތެރިކަމެއް ނެތް 99 ޕަސެންޓު ތަކެތި ފައިސާދީފަ އެތެރެކުރާ ގައުމެއް.

        7
        1
      • ޖުހާ.

        އިސްލާމުން ޣައިރު މުސްލިމުންގެ ޚަޟާރަތްތަކުން ވައްކަންކުރިލެއް މަދީތަ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވިއަސް ތިއީ ބޮޑުވަރު. ސަޢުދީއަކީ ޣައިރު މުސްލިމުން ކިރުބޯން ފަލަކޮށްފައި އޮތް ގެރިއެއް. ދުބާއީވެސް ގަތަރުވެސް ކުވޭތުވެސް މިއީ އެކައްވެސް ޣައިރު މުސްލިމުން ކިރުބޯ ގެރިތަކެއް. ދީން ނިވައިފައްގަނޑަކަށް ބޭނުންކޮށްގެން ދުނިޔެ ކައިނިމެނީ.

  2. އަލީ

    މޮޅު ފައިދާހުރި ޕްރޮޖެކްޓެކޭ ހީވިއަސް މަގޭ ނަޒަރުގަ ތިއީ ބޭކާރު ޚަރަދުތައް. ތިއަށްވުރެ މާރަނގަޅުވާނެ ދުނިޔޭގެ އެކިކަންކޮޅުގަ ހާލުގަޖެހިފަ ތިބި ނިކަމެތި މުސްލިމު އަޚުންނާއި އުޚްތުންނަށް ގެދޮރާއި ދިރިއުޅެނީ މަގު ތަނަވަސް ކޮށްދިނިއްޔާ

    36
    1
  3. 🙁🙁🙁

    ދަ ގްރޭޓް ރީސެޓް. ދަ ލައިން އަކީ އެޖެންޑަ އެއްގެދަށުން ހިންގޭ ޖަރީމާއެއް.

    1
    1