ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އުމަރު އަތާ ބާންދިޔާލް މަގާމުން އިސްތިއުފާ ދެއްވުމަށް އެ ގައުމުގެ ސަރުކާރުން ގޮވާލައިފިއެވެ.

އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވުމަށް އެންގީ ޕާކިސްތާންގެ އުއްތަމަ ފަނޑިޔާރުގެ މައިދައިތަ އާއި އިމްރާން ޚާންގެ ސިޔާސީ ޕާޓީގެ ލީޑަރަކާ ދެމެދު ދައްކާފައިވާ ވާހަކަތައް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގެ ސަރުކާރުން ދަނީ އުއްތަމަ ފަނޑިޔާރުގެ ބާރު ކުޑަ ކުރުމަށެވެ. އެ ޕާޓީން އިސްވެ އޮވެގެން ފާސްކުރި ބިލް ދެ ފަހަރުމަތިން ތަސްދީގު ނުކޮށް ރައީސް އާރިފް އަލްވީ ވަނީ އަނބުރައި ފޮނުއްވާލައްވާފައެވެ.

ޕާކިސްތާންގެ އިދިކޮޅު ތަހުރީކޭ އިންސާފު ޕާޓީން ބުނަނީ މީހެއްގެ ފޯނަށް ޖާސޫސް ކުރުމަކީ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމެއް ކަމަށެވެ.

ޕާކިސްތާންގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު މަރިޔަމް އައުރަނގަޒޭބް، ވިދާޅުވީ ލީކުވި ވާހަކަތަކާ މެދު ހިތާމަކުރައްވާ ކަމަށާއި ގާނޫނުއަސާސީ އާއި ކޯޓުގެ ހުކުމް ދާއިރާއިން ބޭރު މީހުންނާއި ކޮއްކޮމެންނާއި ދަނބިދަރިންނާއި ދަރިންނާއި ކާފައިންގެ ލަފާގެ ޝިކާރައަކަށް ވެގެން ދިއުމުން އިމްރާން ޚާންމެންފަދަ ވަގުން ވެރިކަމަށް އައިސް ގައުމު ބަނގުރޫޓުކޮށް ލުމުން އެކަމުގެ ތަކުލީފު އުފުލަން ޖެހޭނީ އާންމު ރައްޔިތުންނަށް ކަމަށެވެ.

ޕާކިސްތާން ވަޒީރު ވިދާޅުވީ އިމްރާން ޚާން ވަނީ ޝަރުއީ ދާއިރާ އަމިއްލަ ފައިދާއަށް ބޭނުން ކުރައްވާފައިވާ ކަމަށާއި އުއްތަމަ ފަނޑިޔާރު އިމްރާން ޚާނަށް ޙުކުމް ދެއްވަނީ ގާނޫނުއަސާސީއާ ޚިލާފަށް މައިދައިތައަށް ބިރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަރީނާ

    އެހާރީތިފަނޑިޔާރަކު އިސްތިއުފާދެއްވުމަށް ގޮވާލެއްވުމަކީ ވަރަށްނާތަހުޒީބުކަމެއް. އިންސާފުގެކަންފުކެއްވެސްނެތް ސަރުކާރަށްހަލާކުހުރި !!

  2. ނަދީމާ

    ވަރަށް ލޯބި މީހެއް ކޮން އިސްތިއުފާއެއް ދިވެހިން މި ތިބީ ފަނޑިޔާރާ އެކު

  3. Anonymous

    ތިފެންނަނީ ފަނޑިޔާރުންގެ އާރެއް ބާރެއް ނެތްކަމުގެ ހެކިތައް. އާރާއި ބާރު އޮންނަނީ ވެރިމީހާގެ އަތުގައި. ހަތިޔާރުވެރިންގެ އަތުގައި. ފަނޑިޔާރުންނަކީ ކޮޅުދާލި ކަރުދާހުގައި ލިޔެފައިދޭ ހުކުމް އިއްވަންތިބޭ މުވައްޒަފުންތަކެއް.