މެލޭޝިއާ އާއި އިންޑޮނޭޝިއާގެ ދެ އިންސްޓަންޓް ނޫޑްލްސް ބްރޭންޑެއްގައި ކެންސަރަށް މަގުފަހިވާ ބާވަތެއް ހުރި ކަމަށާއި، އެ ދެ ބްރޭންޑްގެ ނޫޑްލްސްއަކީ ކެއުމަށް ނުރައްކާތެރި އެއްޗެއް ކަމަށް ޓައިވާނުގެ ހެލްތު ޑިޕާޓްމަންޓުން ބުނެފިއެވެ.

އެގޮތުން މެލޭޝިއާގެ އޭއެޗް ލައި ވައިޓް ކަރީ ނޫޑްލްސް އާއި އިންޑޮނޭޝިއާގެ އިންޑޮމީގެ ސްޕެޝަލް ޗިކަން ފްލޭވާގެ ބެޗެއްގެ ތެރެއިން އެތިލީން އޮކްސައިޑް (އީޓީއޯ)ގެ ނިޝާންތައް ފެނިފައި ވަނީ ހެދި އިންސްޕެކްޝަނަކަށް ފަހުއެވެ.

އީޓީއޯއަކީ އެންޓިފްރީޒް، ޓެކްސްޓައިލް، ޕްލާސްޓިކް، ޑިޓާޖެންޓް އަދި އެޑެސިވްސް ފަދަ އުފެއްދުންތައް އުފެއްދުމުގައި ބޭނުންކުރާ އެހެން ކެމިކަލްތައް ހެދުމަށް ބޭނުންކުރާ ކުލަ ނެތް ގޭހެކެވެ.

މިއީ ލިމްފޯމާ އާއި ލިއުކޭމިއާ ޖެހުމަށް މަގުފަހިވާ އޯގަނިކް ކޮމްޕައުންޑެކެވެ. މީގެ ސަބަބުން ހަންގަނޑު ހިރުވުމާއި، ލޮލަށް އުނދަގޫވެ، އުފަންވުމާއި ވާރުތަވުމުގެ މައްސަލަތައް ވެސް ކުރިމަތިވާނެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި މި ނުރައްކާތެރި ކޮމްޕައުންޑް ފެނިފައިވަނީ ޓައިވާނުގެ ހެލްތު ޑިޕާޓްމަންޓުން ވެޓް މާކެޓްތަކާއި ސުޕަމާކެޓްތަކާއި ހައިޕަމާކެޓްތަކާއި ކޮންވިނިއަންސް ސްޓޯރުތަކާއި ކާބޯތަކެތީގެ ފިހާރަތަކާއި ހޯލްސޭލް އިމްޕޯޓަރުން ހޮވާފައިވާ 30 ޕްރޮޑަކްޓެއްގެ ޓެސްޓުތަކަށް ފަހުއެވެ.

އަދި އެ ދެ އުފެއްދުންތައް ވިއްކުމުގެ މަސްއޫލިއްޔަތު އަދާކުރާ ރީޓެއިލާ އިން ވަނީ އެ ޑިޕާޓްމަންޓުގެ އެންގުމާ އެކު އެ ދެ އުފެއްދުން އެ ކުންފުނީގެ އަލަމާރިން ނަގައިފައެވެ.

އަދި މި ނޫޑްލްސް އިމްޕޯޓް ކުރާ ފަރާތްތައް 1957.87 އެމެރިކާ ޑޮލަރާއި 6.5 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރްޔަމް

    އެ ނޫޑްލްސް ތަކުގެ ފޮޓޯއެއް ލިނަމަ

    4
    0
  2. ތަފާތު ވާހަކައެއް

    "ވާރުތަވުމުގެ މައްސަލަތައް"!!!