އިސްލާމްދީނަކީ ނައްތާލަން ޖެހޭ ކެންސަރެއް ކަމަށް ބުނެ އެތައް ވާހަކައެއް ދައްކައި، އެތައް ފޮތެއް ލިޔުނު ކެނެޑާގެ ތާރިކް ފަތުހު ކެންސަރު ބަލީގައި މަރުވެއްޖެއެވެ. އުމުރުން 72 އަހަރުގެ ފަތުހު މިދިޔަ ހޯމަ ދުވަހު މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ.

ފަތުރު އުފަންވީ ޕާކިސްތާނަށެވެ. ނަމަވެސް އޭނާ އެތައް އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ހަގީގަތުގައި އޭނާ އަކީ އިންޑިއާ މީހެކެވެ. 1949 ވަނަ އަހަރު އުފަންވި ފަތުރު ކެނެޑާއަށް ހިޖުރަކުރީ 1980ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ކެނެޑާގައި އޭނާ ސިޔާސީ އެކްޓިވިސްޓެއްގެ އިތުރުން ނޫސްވެރިޔަކަށާއި ޓީވީ ހުށަހެޅުންތެރިޔަކަށް ވެސް އުޅުނެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ ލިޔުނު ބައެއް ފޮތްތަކުގެ ސަބަބުންނެވެ.

ހާއްސަކޮށް އޭނާގެ ގިނަ ފޮތްތަކުގައި އިސްލާމްދީނަށް ފާޑުކިޔައި، މުސްލިމުންގެ އަޤީދާއަށް ފުރައްސާރަކޮށް މަލާމާތް ކޮށްފައި ހުރުމުން މުސްލިމުންނާއި ޣައިރު މުސްލިމުންގެ ސަމާލުކަން ވެސް އެނާ އަށް ލިބުނެވެ. އޭނާ ވަނީ މުސްލިމު އަންހެނުން ބުރުގާ އަޅާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ޖޯކް ޖަހައި ހަދާފައެވެ.

ފަތުހު ވަނީ އޭނާ އަށް ފާޑުކިޔާ މީހުންނަށް ހަމަލާ ދޭން ވެސް މަސައްކަތް ކޮށްފައެވެ. އިންޑިއާގެ ޕްރޮފެސަރެއް ކަމަށްވާ އަޝޮކް ސްވައިން ކުރި ޓްވީޓެއްގައި ބުނީ ފަތުހު އަކީ ހަރުކަށި ހިންދޫން މެދުވެރިކޮށް އޭނާ އަށް ހަމަލާދީ އޭނާ އަށް ފުރައްސާރަ ކުރަން ފުރަތަމަ ފެށި މީހާ ކަމަށެވެ. "އުމުރަކީ ކުރު އެއްޗެއް. ނަފްރަތު ނުއުފައްދާ. އޭނާ އަށް ހެޔޮ ގޮތް މެދުވެރި ކުރައްވާށި." ޕްރޮފެސަރ އަޝޮކްގެ ޓްވީޓްގައި ބުނެފައި ވެއެވެ.

އިންޑިއާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ފަތުހު މަރުވުމުން އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ. އިންޑިއާގެ ސިޔާސީ ލިޑަރުންނާއި ފިލްމް އެކްޓަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފަތުހު މަރުވުމުގެ ހިތާމައިގައި ޓްވީޓްތައް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އހ

    މާތްﷲ އިރާދަކުރައްވާނީ އެންމެ ރަނގަޅައް

    56
    1
  2. ޏނނ

    މިހާރު އޮންނާނީ އަސްލު ކެންސަރު އޮޅުންފިލާފަ ކަމަށް އުއްމީދުކުރަން

    64
    2
  3. Anonymous

    ޔާﷲ، އިސްލާމްދީނަށް ފުރައްސާރަކުރި ލާދީނީމީހާއަށް ވެސް ބޮޑު މުޞީބާތެއް ޖައްސަވައިފާންދޭވެ! އާމީން.

    51
    3
  4. ޖުހާ.

    އޭނާއަށް ހަމަ ނުވިސްނެނީ. މިތާގަ އޭނާއަށް ބަދު ދުޢާކުރާ މީހުނަށްވެސް ނުވިސްނެނީ.

    15
    23
  5. ދުޢާ

    ހައްދަވައި ބޮޑުކުރެއްވި ކާއިނާތުގެ ވެރިރަސްކަލާނގެ. އަޅަމެންގެ ފާފަ ފުއްސަވާނދޭވެ. އަޅަމެންގެ ނުބައިކަމުން އަޅަމެންގެ ނަފްސު ތަހިރުކުރައްވާނދޭވެ. އަޅަމެންނާ އަޅަމެންގެ މައިންބަފައިންނާ ގާތްތިމާގެ މީހުނަށް ތެދުމަގު ދައްކަވާނދޭވެ. އަޅަމެންގެ ތެރޭގައި ތިބި ނުބައިމީހުންގެ ސަބަބުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ. އަޅަމެންގެ ތެރެއިންވާ ބަލިމީހުންނަށް އަވަސް ޝިފާއެއް ދެއްވާނދޭވެ. ހަމަކަށަވަރުން ފުރާނައިގެ މިލްކުވެރި ފަރާތަކީ އިބަރަސްކަލާނގެއެވެ.

    59
    1
  6. ނަނާ

    މިރާއްޖޭގަހުރި ކޮތަޅޭވެސް މިގައުމުގެ ރަށްޔަތުންނަށާއި އިސްލާމްދީނަށް ގަށްދާރުވެ ކެންސަރަށްވުރެ ނުރަށްކާވެފަ ހުރީ.

    14
    7
  7. އަހްމަދު

    ﷲގެ ކުޅަދުންވަންތަ ކަމާއެވެ.!

    27
    1