ކޮވިޑް-19 އަކީ އާއްމު ވަބާއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

އެގޮތުން މިއަދު އެ ޖަމިއްޔާއިން ވަނީ ކޮވިޑަކީ ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށް ބުނެފައެވެ.

މި ބައްޔަކީ ސިއްހީ ނުރައްކަލެއް ކަަމަށް ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީން އެންމެ ފުރަތަމަ އިއުލާނުކުރީ މީގެ ތިން އަހަރު ކުރިން، ޖެނުއަރީ 30، 2020 ގައެއެވެ. އެއިރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދިޔައެވެ.

ޑަބްލިއުއެޗްއޯގެ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީން ބުރާސްފަތި ދުވަހު ކޮވިޑާއި ގުޅޭ ގޮތުން ބޭއްވި 15 ވަނަ ބައްދަލުވުމުގައި ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާއިރު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ އިއުލާނު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެޑްރޯސް ވިދާޅުވީ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަލިމަޑުކަން އޮތީ ދަށަށް ގޮސްފައި ކަމަށެވެ.

"އޭގެ މާނައަކީ ކޮވިޑް-19 މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލެއްގެ ގޮތުގައި ނިމުމަކަށް އައުމެއް ނޫން،" ކޮވިޑް-19 ގެ ސަބަބުން "އަޅުގަނޑުމެންގެ ދުނިޔެ ނުރައްކަލަށް ވެއްޓިއްޖެ ނަމަ" ހާލަތު އަލުން ބެލުމަށް ތަޖުރިބާކާރުން އަލުން ބައްދަލުވުން ބާއްވަން ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މުޅި ދުނިޔޭގައި މި ވައިރަހަށް ސަބަބުން ގާތްގަނޑަކަށް 765 މިލިއަން މީހުން ފައްސިވިއެވެ. އަދި 7.9 މިލިއަން މީހުން ވަނީ މުޅި ދުނިޔެއިން ނިޔާވެފައެވެ.

އެ ބަލިން ރައްކާތެރިވުމަށް ގާތްގަނޑަކަށް ފަސް ބިލިއަން މީހުން ވަނީ މަދުވެގެން ވެކްސިންގެ އެއް ޑޯޒް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ކޮވިޑޭ ކިޔައި އިތުރު ނާޗަރަންގީ ދެން ނުކުޅޭނެ ކަމަށް އުންމީދު ކުރަން! ޝުކުރިއްޔާ

    19
  2. ޔަޒީ

    ބޭނުންވަރަށް ވެކްސީން ލާރިހަދާލެވިއްޖެހެން ހީވަނީ ބަަޔަކަށް.

    18
  3. 1111

    ދެހެންވިއްޔަ ކޮބައިތީ 2 އަރުވަންގެން އާންމުންނަށް ބިރުދައްކައިގެން ކުޅުނު ޑްރާމާގެ ސަބަބުން ލިބުނުހާ ގެއްލުމުގެ ބަދަލު؟

    19
  4. ވިކިލީކްސް

    ބަލަ ވިޔަފާރިއެކޭ އޭރުކުރީ. މަރުވާ ކޮންމެ މީހަކު ގިންތިކުރީ ކޮވިޑްގެ ސަބަބުން ކަމަށް.
    ދެން އަންނާނީ އަނެއްކާ އެހެން ވައިރަހެއް!
    އެއަށްވެސް ކޮންމެވެސް އިންޖެކްޝަނެއް ނުވަތަ ބޭހެއް އުފައްދައި ، އޭތިވިއްކައިގެން ޑަބުލިއުއެޗްއޯ އޭ އެކިޔާ ކާފަރު ޔަހޫދީ އދ ބައިގަނޑުން ބިލިއަން ޑޮލަރު ނަގާނެ.
    މިއީ މެޑިކަލް މާފިއާ!

    21
  5. ރެފްރީ

    ދުނިޔޭގެކުރިއަރާފައިވާ ގައުމުތަކުގެ ސިއްހީތަޖުރިބާކާރުން ގަބޫލުކުރާގޮތުގާ ސިޔާސީމަންފާއެއްހޯދުމުގެނިޔަތުގާނޫނީ ކޮވިޑު19-20 އަދި 21 އަަށްް ވެކްސިންޖެހުމަކީވެސް އިސްރާފެއް އަދި ބޭނުތެރިކަމެއްނޫން. އަދި ވެކްސިންޖެހުމަކީ ސިއްހަތަށްނުހަނުގެއްލުން ހުރިކަމެއް.

    12
  6. އަލީ

    ހެހެހެ ހަމަ ދުނޮޔެ ގުނބޯހެއްދީ ދޯ؟

    21
  7. ޓްރަމްޕް

    ބަލަ ހުރި ލަދުހަޔާތް ކުޑަކަން!

    ގަޔަށް ވިހަ ވެކްސިން ޖަހުވާފަ އެޔަށް ލާރިނަގާފަ ވިޔަފާރިތައް ފުނޑީ.

    އަދި މިރާއްޖޭގަ މިއުޅޭ ޑޮކްޓަރުން ވެސް ޓީވީއަށް އަރާ މީހުންނަދިމާލަށް ހީ މަލާމާތް ކޮށްފަ މިކަން ކުރުވީ.

    ބަދަލު ދޭންޖެހޭނެ ސަރުކާރުން !

    21
  8. ގިނި

    ވަގު ހިސާބާ ނަމްބަރު ޖަހައިގެން މީހުންނަށް ބިރުދެއްކި ޕެންޑަމިކް

  9. ފުއާދު

    ޑިމޮކުރަސީ ވެސް ގެނެސް ހައްލާލައިގެން. ދެކޮޅަށް އެއްޗެކޭ ބުނެފިއްޔާ ކުއްވެރިވެ. މިހާރު ޕާޓީ ސިސްޓަމަކީ ގަދަކަމުން ތަންފީޒުކުރާ އެއްޗެއް.

    ކޮވިޑު އަވާގައި ޖެއްސީ ވެސް މިހެން. ދެކޮޅަށް އެއްޗެއް ބުނުން މަނާ. ވެކްސިން ޖެހުވީ މަޖުބޫރުން.

    މި މޑޕ މީހުން ވެރިކަމުގަ ތިބެއްޖެނަމަ އަދި ގަދަކަމުން އެއްޖިންސުން ގުޅުންވެސް ހިންގުވާނެ.

  10. ޑޮލަރު

    ޑޮލަރު ރޯގާ، ކިތަށް އިންސާނުންތޯ ނަފްސާނީ ބިރުވެރިކަމެއްގަ މަރާލީ. ކިހާ ރީތި.