00:15

ފަލަސްތީން އަސްކަރިއްޔާއިން އިސްރާއީލަށް އަމާޒުކޮށް، އަމިއްލައަށް އުފައްދާފައިވާ ރޮކެޓްތަކެއް ފޮނުވާލައިފި

00:00

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

23:29

ސްޑެރޯޓް މުނިސިޕަލްޓީއަށް ރޮކެޓް ހަމަލާގެ އެއްވެސް އަސަރެއް ކުރާނެ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެ އަވަށުގެ ތަރުޖަމާނަކު ވިދާޅުވެއްޖެ

23:23

އިސްރާއީލްގެ ސްޑެރޯޓް ސަރަހައްދުން ރޮކެޓް އެލާޓްތަކުގެ އަޑު އިވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފި.

 

23:06

އިސްރާއީލާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދާ ދެމެދު ޒަމާނުއްސުރެ ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓާލުމަށް މިސްރުން އާ ހުށަހެޅުމެއް ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި.

ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މި ހުށަހެޅުއްވުމުގައި އާންމުން މެރުމާއި ގެތަކަށް ބޮން އެޅުން ހުއްޓާލުމަށް ގޮވާލާފައި. އިސްލާމިކް ޖިހާދު އުސޫލެއްގެ ގޮތުން އެއްބަސްވި ނަމަވެސް އިސްރާއީލުން އަދި ވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެފައިވޭ.

23:04

ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ކޮމާންޑްގެ ހަ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފި.

22:41

ޣައްޒާއިން ބިދޭސީންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ މުވައްޒަފުން މިރޭ އެރޭޒް/ބެއިޓް ހަނޫން ކްރޮސިން މެދުވެރިކޮށް ފުރުމުގެ ނުވަތަ ނެރުމުގެ ހުއްދަ ދީފި.

22:40

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއެކު، ޣައްޒާއަށް ތަކެތި އެތެރެވުން ހުއްޓުވާފައި ވަތީ، ތެލުގެ ސަޕްލައި ދަށްވެ، ޣައްޒާގައި ހުރި ހަމައެކަނި އިންޖީނުގެ ވަރަށް އަވަހަށް ބަންދު ކުރަން ޖެހިދާނެ ކަމަށް ޣައްޒާއަށް ތެލާއި މުދާ އެތެރެވުން ކޯޑިނޭޓްކުރާ ރިޔާސީ ކޮމިޓީން ބުނެފި.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޣައްޒާއަށް އެތެރެވާ ހުރިހާ ކްރޮސިންއެއް ބަންދުކޮށް، އެ ޕްލާންޓް ސަޕްލައިކުރާ ފިއުލް ޓްރަކްތަކަށް ވަނުން ހުއްޓުވާފައި.

22:37

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން 535 މީހުން ހިމެނޭ ގޮތަށް 94 އާއިލާއެއްގެ ދިރިއުޅުމުގެ ވަސީލަތްތަކަށް ބުރޫ އަރާފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ބުނެފި.

އާމްދަނީ ލިބޭ ހަމައެކަނި ވަސީލަތް ގެއްލުނު އާއިލާތަކުގެ ތެރޭގައި މަގުމަތީގައި ސްޓޯލް ބަހައްޓައިގެން ވިޔަފާރި ކުރަމުންދާ މީހުންނާއި، ދުވަހު މަސައްކަތްކުރާ މީހުންނާއި، ގެއްލުން ލިބުނު ފިހާރަތަކުގެ ވެރިން ވެސް ހިމެނޭ.

 

22:36

އިސްރާއީލުން ފަސް ދުވަސް ވަންދެން ބަންދުކޮށްފައި އޮތް ޣައްޒާއަށް އެތެރެވާ ކްރޮސިންތައް އަލުން ހުޅުވާލުމަށް ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަލް ޝެއިހް ގޮވާލައްވައިފި.

"ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޕްރެޝަރ ކުރުމަށް އެމެރިކާއަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށާއި އަރަބި ގައުމުތަކަށް ގޮވާލަން.".

އަދި ޣައްޒާއާ އެކު އޮންނަ ކްރޮސިންތައް ހުޅުވާލައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ބައިނަލްއަގުވާމީ އަދި އިންސާނީ މުއައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އޭނާ ގޮވާލި.

22:11

ޣައްޒާގެ މެދުތެރޭގެ އަލް ނުސީރަތު ކޭމްޕްގައި ހުންނަ ފަލަސްތީނުގެ ގެއަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ހަމަލާދީފި

21:52

ޣައްޒާއިން އެމީހުންގެ ރޮކެޓް ހަމަލާތަކުގެ ރޭންޖް ފުޅާކުރަމުންދާ ކަމަށާއި، މިގޮތުން އިސްރާއީލްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އޮފާކިމްގައި މިހާރު އިންޒާރުގެ ސައިރަންތައް ގުގުމަމުންދާ ކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެފި.

21:51

މިދިޔަ އަންގާރަ ދުވަހު ހަމަލާތައް ބަދަލު ކުރަން ފަހުން މިހާތަނަށް 71 މީހަކަށް ބޭސްފަރުވާ ކޮށްދީފައިވާ ކަމަށް އިސްރާއީލްގެ މެޖެން ޑޭވިޑް އަޑޮމް އެމްބިއުލާންސްގެ ހިދުމަތުން ބުނެފި.

މިދިޔަ ބުރާސްފަތި ދުވަހު ރެހޯވޯޓްގައި އިސްރާއީލުގެ އަންހެނަކު މަރާލާފައިވާއިރު، އިސްރާއީލުގެ ދެކުނުގައި މިއަދު ވަނީ ޣައްޒާއަށް ނިސްބަތްވާ ފަލަސްތީނުގެ ފިރިހެނަކު ވަނީ ޝަހީދުވެފައި.

އަދި ރޮކެޓްގެ އަސަރުތަކުގެ 27 މީހަކަށް ޖިސްމާނީ އަނިޔާލިބިވާ ކަމަށާއި، އޭގެ ތެރެއިން 7 މީހަކަށް އަނިޔާވެފައިވަނީ ރޮކެޓް އަސަރުތަކުގެ ސަބަބުން ބިއްލޫރިގަނޑު ތަޅައިގެން ދިއުމުގެ ސަބަބުން. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަދި އޭގެ ތެރެއިން ހަތަރު މީހަކަށް ލިބިފައި ވަނީ ކުދިކުދި އަނިޔާތައް.

21:48

ޣައްޒާގެ ކައިރީގައި އޮންނަ އިސްރާއީލްގެ ދެކުނުގެ ބައެއް އަވަށްތަކުގައި ރޮކެޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް އިސްރާއީލްގެ މީޑިއާ ތަކުން ބުނެފި.

21:43

މި އަހަރު ފެށުނު ފަހުން އިސްރާއީލުން ފަލަސްތީނުގެ 155 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީންގެ މީީޑިއާތަކުން ބުނެފި.

21:23

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 34 މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރެއިން ހަ މީހުންނަކީ ކުޑަކުދިންނާއި ތިން އަންހެނުން. އަދި 147 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި

21:06

އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާއިން އިސްރާއީލަށް ފޮނުވަމުންދާ ވައިގެ ހަމަލާތަކުގައި އިސްރާއީލްގައި މަސައްކަތް ކުރަމުންދާ ފަލަސްތީން މީހަކު ޝަހީދުވެއްޖެ

ޣައްޒާއިން އިސްރާއީލަށް ދިން ހަމަލާއެއްގައި ފަލަސްތިންގެ މީހަކު ޝަހީދުވެއްޖެ

21:01

އިސްރާއީލުބް ޣައްޒާއަށް ޖެހިޖެހިގެން ފަސްވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ހަ ކުޑަކުދިންނާއެކު ފަލަސްތީނުގެ 33 މީހަކު ޝަހީދުކޮށްލާފައިވާއިރު، ރާމަالله ސިޓީގެ ފަލަސްތީނު ރައްޔިތުން މަގުތަކަށް ނުކުމެ ގެންދަނީ އެސަރަހައްދުގެ ވަށާލާފައިވާ ޣައްޒާއަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާތައް ކުށްވެރިކުރަމުން.

20:51

މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 800 އެއްހާ މީހުންގެ ގެދޮރު ގެއްލިއްޖެ.

އެންކްލޭވްގައި ހުންނަ މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި 784 މީހެއްގެ ގެދޮރު ގެއްލިފައިވޭ.

20:42

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ އަލް ޒައިތޫން އަވަށުގެ ގެއަކަށް ބޮން އަޅައި މުޅިން ހަލާކުކޮށްލައިފި

20:41

ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގެ ހުޅަނގު ދެކުނުން އޮންނަ ރިހާން އަސްކަރީ ޗެކްޕޮއިންޓް ހުރަސްކުރަން އުޅުމުގެ ތެރޭގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ އުމުރުން 33 އަހަރުގެ އަހްމަދު އަތާތުރެހް ޝަހީދުވެއްޖެ

20:30

ޣައްޒާގައި މިހާރު ދެމުންދާ ހަމަލާތަކުގެ ތެރެއިން

20:29

‎ފަލަސްތީނުގެ ގެއަކަށް އެލްއެސްރެއިލީ ވައިގެ ސިފައިން ބޮން އަޅާ މަންޒަރު ފެންނަ މަންޒަރު - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
‎ފަލަސްތީނުގެ ގެއަކަށް އެލްއެސްރެއިލީ ވައިގެ ސިފައިން ބޮން އަޅާ މަންޒަރު ފެންނަ މަންޒަރު - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
‎ފަލަސްތީނުގެ ގެއަކަށް އެލްއެސްރެއިލީ ވައިގެ ސިފައިން ބޮން އަޅާ މަންޒަރު ފެންނަ މަންޒަރު - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
‎ފަލަސްތީނުގެ ގެއަކަށް އެލްއެސްރެއިލީ ވައިގެ ސިފައިން ބޮން އަޅާ މަންޒަރު ފެންނަ މަންޒަރު - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ

20:27

ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އޮޕަރޭޓަރަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށާއި އޭނާ އަކީ އިސްރާއީލަށް ހަމަލާދޭން އުޅުނު މީހެއް ކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފި.

20:20

އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރިއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް އދ.ގެ ނުފޫޒު އަވަސްކުރުމަށް ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު ޝްތަޔޭހް ގޮވާލައްވައިފި.

ސަރުކާރުގެ ނިއުސް އެޖެންސީ ވަފާއިން ނެރުނު ބަޔާނެއްގައި ޝަތައްޔާ ވަނީ އިސްރާއީލުން އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާކަމަށް ބުނެ ބޮއިކޮޓް ކުރުމަށް ބައިނަލްއަގުވާމީ ގާނޫނުތައް އެކްޓިވޭޓް ކުރުމަށް ގޮވާލާފައި.

20:19

މިދިޔަ އަންގާރަ ދުވަހު ފެށި އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ އެންމެ ފަހުގެ ބުރުގައި 50 އަށް ވުރެ ގިނަ އެޕާޓްމަންޓް ހިމެނޭހެން، މީހުން ދިރިއުޅޭ 15 ބްލޮކް ހަލާކުވެފައިވާ ކަމަށް ޣައްޒާގެ ދާޚިލީ ވުޒާރާއިން ބުނެފި.

މީގެ އިތުރުން 940 އިމާރާތަކަށް ގެއްލުންވެފައިވާއިރު، 49 އިމާރާތެއް މަރާމާތު ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި.

20:17

މިދިޔަ އަންގާރަ ދުވަހު ބޮމުގެ ހަމަލާތައް ދޭން ފެށި ފަހުން, ފަލަސްތީނުގެ 33 މީހުން ޝަހީދުވެ 147 މީހުން ވަނީ ޒަހަމްވެފައި.

މި ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ ދެ މީހަކު މަރުވެފައިވޭ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދެމުންދާތާ މިހާރު ފަސް ވަނަ ދުވަހަށް ވަނީ އެޅިފައެވެ. އިސްރާއީލުން ޣައްޒާއަށް އެތައް ހަމަލާތެއް ދީ، އެތައް ތަނެއް ސުންނާފަތިކޮށްލާފައިވާއިރު، ޣައްޒާއިންވެސް ދަނީ ހަމަލާތައް ބަދަލު ކުރަމުންނެެވެ.

މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 33 މީހަކު ވަނީ ޝަހީދު ވެފައެވެ. އަދި އެތައް ބަޔަކަށް ޒަހަމްވެފައިވާއިރު، އެ ހިސާބުގެ އެތައް ބަޔަކު ވަނީ ބިިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައެވެ.

ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް މިހާތަނަށް އައިއިރު، އެފަދަ އެއްވެސް މަންޒަރެއް ފެނިފައެއް ނުވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ގައުމުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އަދިވެސް ނިމުމަކަށް ނާންނަ ކަމަށް ބުނެފައެވެ. އަދި އިސްރާއީލްގެ މީހުންނަށް އަނިޔާ ކުރަން އަންނަ މީހުންގެ ގައިން "ލޭ އޮހޮރުވާލާނެ" ކަމުގެ ޔަގީން ކަން ނަތަންޔާހޫ ވަނީ ދީފައެވެ.