ކައިވެނިކޮށް ދަރިން ހޯދަން ބާރު އަޅަން ޗައިނާގައި ވަރުގަދަ މަޝްރޫއެއް ފަށަން ނިންމައިފިއެވެ.

ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ މަޝްރޫރު ޗައިނާގެ 20 ސިޓީއެއްގައި ކުރިއަށެ ގެންދަން ވަނީ ނިންމައިފައެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ސިޓީތަކުގެ ތެރޭގައި މެނުފެކްޗަރިންގެ ވަރުގަދަ ސިޓީއެއް ކަމަށްވާ ގުއަންގްޒޫ، ހަންޑަން އަދި ހަބޭ ޕްރޮވިންސް ހިމެނެއެވެ.

ޗައިނާގެ ފެމިލީ ޕްލޭނިން އެސޯސިއޭޝަންއިން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ދަރިން ހޯދަން އެންމެ އެކަށީގެންވާ އުމުރާއި މެދު ހޭލުންތެރިކޮށް އިތުރުކޮށް ކައިވެނިކުރާ އަންހެން މީހާއަށް ދޭން ޖެހޭ އަގުބޮޑެތި ފައިސާގެ ކަންކަން މަދުކުރުމަށް ބާރު އަޅާނެއެވެ.

ޗައިނާގެ އާބާދީގެ ކަންކަމާ ގުޅޭ މާހިރެއް ކަމަށްވާ ހޭ ޔަފޫ ބުނީ ޗައިނާގައި ދަރިން ހޯދުމާމެދު ޒުވާނުން ކުދިންނަށް ރަނގަޅަށް މަގު ދައްކަން ޖެހިފައިވާ ކަމަށެވެ.

އާބާދީ ބޮޑު ކުރަން ޗައިނާއިން މަސައްކަތް ކުރަމުންދާ އިރު ޗައިނާއިން 1980 އިން ފެށިގެން 2015 އާ ހަމއަށް ގެންގުޅުނީ ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއަކު ހޯދޭ ގޮތަށް ވަރަށް ހަރުކަށި ޕޮލިސީ އެކެވެ. އެހެން ނަމަވެސް އޭގެ ސަބަބުން އާބާދީގެ ބޮޑު ކްރައިސިސްއެއް ވަނީ އުފެދިފައެވެ.

އަދި ފަހުން ވަނީ އެ ޕޮލިސީ އުވާލައި ކޮންމެ ދެމަފިރިއަކަށް ދެ ކުދިން ހޯދޭގޮތަށް ބަދަލުކޮށްފައެވެ.

ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ދަރިންނަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި އެހެނިގެން ސަބަބުތަކާ ހުރެ ގިނަ ކުދިން ހޯދާ މިންވަރު ވަނީ ދަށްވެފައެވެ.

ޗައިނާގެ މިހާރުގެ އާބާދީގައި އެއް ބިލިއަނަށް ވުރެ ގިނައެވެ. އަދިވެސް ދުނިޔޭގައި އެންމެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތީ ޗައިނާގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޭފަރު

    ކައިވެނިކޮއްގެން ދަރިން ނުހޯދާ ދެމަފިރިން ހިފާ ހައްޔަރުކޮއް ޖެލެއްލާ. އޭރުން އޮންނާނެ ޗޭނާ މީހުނައް އެއްޗެއް ވިސްނިފޭ...

    6
    4
  2. Babu

    ބޮންދާޅިން އަޅާލާ ޗަޔަލަން ހައްލުވާނެ.....

    3
    1