ގިނަ އަދަދެއްގެ ރަނާއި އެކީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ލަންކާގެ ޕުޓަލަމް ސަރަހައްދުގެ މެމްބަރު، އަލީ ސަބްރީ ރަހީމްއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކަޓުނަޔަކޭގައި ހުންނަ ބަންޑާރަނައިކް އެއާޕޯޓަށް އައި ހިސާބުން ކަސްޓަމްސްގެ އޮފިސަރުންނެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާގެ އަތުން ވަނީ 3.5 ކިލޯގެ ރަން ފެނިފައެވެ.

މިހާދިސާއާއި ގުޅިގެން އޭނާ މިވަގުތު ބަންދުގައި ހުރިއިރު، ހާދިސާ ތަހުގީގު ކުރުމަށް އެގައުމުގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ހާޝަނާ ރަޖަކަރުނާ ވަނީ ގޮވާލާފައެވެ.

ލަންކާގެ އިތުރުން އިންޑިއާއަށް ވަގަށް ރަން އެތެރެ ކުރަނިކޮށް މީގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި އާންމުންގެ މީހުންނާއި އިސް މަގާމުތައް އަދާ ކުރަމުން އަންނަ ފަރާތްތަކުން ހިމެނެއެވެ.

އާންމު ގޮތެއްގައި ވަގަށް ރަން އެތެރެ ކުރާ މީހުން އެތަކެތި އެތެރެ ކުރަނީ ވަރަށް ބޮޑަށް އެތަކެތި ފޮރުވައިގެންނެވެ. ނަމަވެސް ގިނަ ފަހަރު ކަސްޓަމްސްގެ އޮފިސަރުންގެ ހުށިޔާރަ ކަމުން އެތަކެތި އެތެރެ ކުރާ ފަރާތްތައް ދެނެގަނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު