ސައުދި އަރަބިއްޔާގެ މައްކާގައި ސްޕާ ހިދުމަތާއި، އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ޕާސަނަލް ކެއަރ ސާވިސް އާއި ހޯމް ސްޕާ ސާވިސް ހިދުމަތް ދިނުމަށް ހުއްދަ ދޭން ފަށާފައިވާ ކަމަށް ދަ މައްކާ މުނިސްޕަލްޓީން ބުނެފިއެވެ.

މިއީ މި ހިދުމަތްތައް ބަލަހައްޓަމުން ގެންދާ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް އެންޑް ހައުސިން (މޮމްރާ) އިން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދޭން ފެށި ހުއްދައެކެވެ.

މުނިސިޕަލްޓީގެ ރަސްމީ ތަރުޖަމާނު އުސާމާ ޒައިޓޯނީ ވިދާޅުވީ މި ނިންމުމަކީ ގޭގައި ތިބެގެން މި ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ޕްރޮފެޝަނަލުންނަށް ޖާގަ ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން މި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތައް ހުއްދަ ހޯދައިގެން ގޭގައި ތިބެގެން މި ޕްރޮފެޝަން ޕްރެކްޓިސް ކުރުމުގެ ހުއްދަ މުނިސިޕަލްޓީން ދޫކުރަން ފަށާފައިވާ ކަމަށް ޒައިޓޯނީ ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ހުއްދަ ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށް ބުނެފައި ވެއެވެ.

މިއާއެކު ސްޕާ އާއި ޕާސަނަލް ކެއާގެ ހިދުމަތް ދޭ ވިޔަފާރިތަކަށް، އެ މީހުންގެ މިފަދަ ވިޔަފާރި މީހުން ދިރިއުޅޭ ތަންތަނުގައި ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅޭނެއެވެ.

"މި ހުއްދަތަކަކީ ފިރިހެނުންގެ ބޯކޮށާ ތަންތަނާއި، އަންހެނުންގެ ސެލޫންތަކާއި ފަހާ ތަންތަން ފަދަ ލިބެން ހުރި އެހެނިހެން ގިނަ އެހެން ހިދުމަތްތަކާއި ވެސް ގުޅިފައިވާ ހުއްދަތަކެއް.". ޒައިޓޯނީ ވިދާޅުވިއެވެ.

އަދި ހޯމް ބޭސްޑް ހިދުމަތްތަކަށް ހުއްދަ ދޫކުރަން ނިންމި ނިންމުމަކީ މުނިސިޕަލްޓީން މި ހިދުމަތް ދޭ ތަންތަން ފުޅާކޮށް ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ ފުޅާ މަސައްކަތުގެ ދަށުން ދިން ހުއްދައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ކޮންކަހަލަ މީހެއްތަ މިހާރު ސަޢޫދީގެ ވެރިއަކަށް މިހުރީ! ހޯމް ސްޕާ. ހޯމް ކެސީނޯ، ހޯމް ބަރ

    11
    7
  2. ޑިމޮކްރަސީ

    މިކިޔާ ޒަމާނީ ޑިމޮކްރަސީގެ ތެރެއަށް ސަޢޫދީ ވެސް ވައްޓާލީ ހޯމް ސްޕާ ހުޅުވީމަ ދެން ފަސޭހަވާނެއްނު މުޅިންވެސް އެތަންތަނަށްދާނީ ތިމާގެ މީހުން

  3. މަންކީ

    މިތާގެ ހޯމްސްޓޭ ވަނީ ފަނުފުލުން ގޮއްސަ ލޮލް

  4. ތިމަންނަ

    ސައުދީ އަރަބިއްޔާއަށް ، "ދައްޖާލު ރަސްގެފާނު" ގެ ބާރު ފަތުރާ ކުރިއަށް ގެންދަން ފަށައިފި

  5. ފަގުޑި

    މީގަ އަދި އެންމެ ހެއްވާކަމަކީ، ދިވެހިންނައް އިނގޭނެ ސައޫދީ އަރަބިއްޔާ އައްވުރެވެސް މޮޅައް އިސްލާމް ދީން. ދިވެހިން އަބަދު ތިބޭނީ ކޮންމެސް ބަޔަކައް ދީނީގޮތުން ކަމެއް އޮތްނެތް ގޮތް ކިޔާދީދީ. އެކަމު ދިވެހި ރާއްޖޭގަ އުޅެނީ ހުސް ޕާޓޭންނާ ގުންޑާއިންނާ ވަގުންނާ ޑުރަގާ ހައްދުފަހަނައެޅި ވައްހާބީން..

    7
    2
  6. ާަމަރީ

    ތިދިޔައީ ތިތަނުގެ ދުވަސްވެސް..

  7. ވިކިލީކްސް

    ތިދިޔައީ އޮޔާ