އިންޑިއާގެ ވެރިކަން ކުރާ ސިޓީ ނިއު ދިއްލީގެ ކަޝްމީރީ ގޭޓް ކައިރިން ދިވެހި އަންހެނެއްގެ ފޯނު ފޭރިގެންފިއެވެ.

އެ އަންހެން މީހާގެ ފޯނު ފޭރިގެންފައި ވަނި ސައިކަލެއްގައި އައި ދެ ފިރިހެނެކެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި، ފޭރިގެންފައި ވަނީ ދިވެހި އަންހެނެއް ކަަމަށްވާ ހައްވާ ސިންމާގެ ފޯނެވެ. އޭނާއަކީ އެސްޓީ ސްޓީފެން ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރެކެވެ.

ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ފޯނު ފޭރިގެންފައި ވަނީ ރޭ 10:45 ހާއިރު ކުރޮޅިއެއްގެ ތެރޭގައި އިންދާ، ސައިކަލުގައި ފަހަތުން އައި ދެ މީހަކު ވެގެންނެވެ.

އެ މީހުން ވަނީ އޭނާގެ ފޯނު ފޭރިގަތުމަށްފަހު އެ ސަރަހައްދުން ފިލައިފައެވެ.

އެ މީހުން އަދި ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

އެ މީހުންނާއި ދެކޮޅަށް މައްސަލައެއް ވަނީ ރަޖިސްޓަރ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަސީނާ

    ބްރޭކިން ނިއުސް!! ރޭގަ ބުރުޒުމަގުން ބޮންދެއްގެ ފޯނު ޖަހަގެން ފިލައިފި

  2. ާއަހުސަން

    މާލޭގަ..އިންޑިއާ ފިރިހެނެއްގެވެސް ފޯނު ޖަހައިގެންފި....

  3. Anonymous

    ފޭރިގަތް މީހުންނަށް އެފޯނުގެ ޕާސްވޯޑް އެނގިގެންތާ ފޯނު ބޭނުންކުރެވޭނީ

    3
    1
    • Anonymous

      ތިޔައުޅެނީ މާފަހަތުގައި، ޕާސްވޯރޑު ނޭގުނަސް ފޯނު ހުޅުވޭނެ، ވަރައްވާހަކަ

      4
      1
  4. ޗޯރޭ

    މިކޮޅުން ވެސް ތިޔާހެން ހަދާލީމަ ހަމަ ހަމަވީ.. ނޫންތަ؟

    7
    1
    • ސަގަރޭ

      މިކޮޅުން ފޭރޭލެއްމަދީތަ

      8
      1
      • ލުތުފީ

        އަނެއް ދިވެހިރާއްޖެ / ޖަޒީރާ ރާއްޖެގައި ހިންގަން މެނިފެސްޓޯގައި ހުރި ބާބުން ބަަބެކޭ އެއީ.. އެހެންވެ އެއްނުން އެންމެ މަތީގަ ހުރިމީހާ އާއި އޭގެ ދަށުގައި ތިބި އެންމެން ހެން އަވަދި ނެތި އެކަމުގައި އެ އުޅެނީ.. ނޫންތޯ؟

  5. ސި

    އިންޑިއާގައި ތިހާ ލަސްވީމަ ބޭރުގައި އުޅުމަކީ ނުރައްކާ ކަމެއް.

  6. Anonymous

    އަދިވެސް ދިެވހިންނަށް އުނގަންނައިދޭންވެސް ގެންނަނީ އެމީހުން. ޚާއްސަކޮށް މުސްލިމުންނާ ޢަދާވާތްތެރި ހިންދޫންނާ ބުޑިސްޓުން. މިހިސާބަށް ޤައުމުގެ ހާލަތު ދިޔައީމާ ދެން އެއްޗެއް ނުބުނެެއެއް ނުހުރެވޭނެ.

    1
    1
  7. ދިވެހިލޭ

    އައިފޯނެއް ނަމަ ސުކުރީމް ޓައިމިން ސެޓިން ހަދައިގެން ފޯނުހުޅުވަން އުޅެފިޔާ ލިބޭނީ ލަނޑު ....