އިންޑިއާގެ ޗަތިސްގަރު ސްޓޭޓްގެ ޑޭމްއަކަށް ވެއްޓުނު ފޯނެއް ނަގަން އެ ޑޭމްއަކުން އެއްކޮށް ފެން ހިންދާލި މައްސަލައެއް ފެންމަތިވެ، ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޑޭމްއިން ފެން ހިިންދަން އަމުރުކުރީ އިންޑިއާގެ ސަރުކާރުގެ ސީނިއާ އޮފިޝަލެެއް ކަމަށްވާ ރާޖޭސް ވިޝްވާސް އެވެ. ޑޭމްއިން ދެ މިލިއަން ލީޓަރެއްގެ ފެން ހިންދަން ތިން ދުވަސް ހޭދަވި ކަމަށްވެ އެެވެ

ފެން ހިންދައި ފޯނު ހޯދިއިރު އެ ފޯނު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެެ. އެ ފޯނުގެ އަގަކީ 1200 އެއްހާ ޑޮލަރެވެ. އެއީ ލައްކައަކަށް ވުރެ ގިނަ އިންޑިއާ ރުޕީސް އެވެ.

ވިޝްވާސް ބުނީ ފެން ހިންދަން ޖެހުނީ ކޮންމެހެންވެސް އެ ފޯނުގައި ސަރުކާރުގެ މުހިންމު މައުލޫމާތުތަކެއް ހުރުމުން ކަމަަށެވެ. ޑޭމުން ފެން ހިންދުމުގެ ކުރިން ޑައިވަރުން ބޭނުންކޮށްގެންވެސް އެ ފޯނު ހޯދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާނުވި ކަމަށް އޭނާ ބުނެއެވެ.

އެ މައްސަލައިގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނެ ވިޝްވާސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެ މައްސަލައިގައި ކަންކާ ޑިސްޓްރިކްޓްގެ އޮފިޝަލު ޕްރިޔަންކާ ޝުކުލާ ވިދާޅުވީ ފެނަކީ ވަރަށް މުހިންމު ވަސީލަތަަކަށްވާ އިރު އެގޮތަށް ފެން އިސްރާފު ނުކުރެވޭނެ ކަމަށެވެ،

ހިންދި ފެނުގެ އަދަދު 2 މިލިއަން ލީޓަރަށް އަރާއިރު މިއީ ހަ އަކަ ކިލޯ މީޓަރުގެ ދަނޑުބިންތަކަށް ފެން ދެވޭ ވަރުގެ އަދަދެކެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު ވިޝްވާސްއަށް ފާޑުކިޔަމުންދާ އިރު އޭގެ ތެރޭގައި ވެރިކަން ކުރާ ބީޖޭޕީގެ އިސް ބޭފުޅުން ވެސް ހިމެނިލައްވަ އެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަ

    ބަލަ ފޯނުގެ ޑޭތާތައް ނަގާޅުމަށްފަހު ފޯނުން އެތަކެތި އެއްކޮށް ޑިލީޓްވެސް ކޮށްލެވޭނެ ފޯނު ކޮންމެ ތަނެއްގައި އޮތަސް.

    4
    2
  2. ކޮއްޔާ

    އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުމަށްވުރެ ‘ ވަޒީފާ ގެއްލުނަސް ރަނގަޅުކަން އޭނައަށް ވިސްނުނީ //

  3. ނާގަލްސްމަން

    ގެރިގޮރުން ފެންވަރާ ބީތާ އިންގެ ފެންވަރު ހުންނާނެވަރު ވިސްނާލަބަލަ....

    4
    1