ތުރުކީގެ ރައީސް ކަމަށް އަނެއްކާވެސް ތޮއްޔިބް އުރުދުޣާން އިންތިހާބުވެއްޖެއެވެ.

އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ ދައްކާ ގޮތުގައި އުރުދުޣާނަށް ވަނީ %52.12 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު ކަމާލް ކިލިޗްދްރޯލޫ އަށް ލިބިވަޑައިގެންފައި ވަނީ %47.88 ވޯޓެވެ.

މިހާތަނަށް އައިއިރު، %98.06 ވޯޓު ވަނީ ގުނާ ނިމިފައެވެ. އަދި ނަތީޖާ އަށް ބަދަލު އައުމުގެ އެއްވެސް ފުރުސަތެއް މިހާރަކު ނެތެވެ.

ދެވަނަ ބުރުގައި އުރުދުޣާނަށް ވަނީ 26,837,074 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 24,654,839 ވޯޓެވެ.

ތުރުކީގައި ބޭއްވި ރިޔާސީ އިންތިހާބަކީ މި ފަހުގެ ތާރީހުގައި އެ ގައުމުގައި ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. ހިޔާލު ހޯދުމުގެ ވޯޓު ދެއްކި ގޮތުގައި ތާއީދު ބޮޑީ އިދިކޮޅު ލީޑަރު އަދި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރަށެވެ. އެހެންވެ، މި އިންތިހާބުވެގެން ދިޔައީ 2014 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އުރުދުޣާން އަށް ކުރިމަތިވެވަޑައިގެންނެވި އެންމެ އުނދަގޫ އިންތިހާބަށެވެ. މިއީ ތުރުކީގެ އިންތިހާބު ދެވަނަ ބުރަކަށް ދިޔަ ފުރަތަމަ ފަހަރު ވެސްމެއެވެ.

އުރުދުޣާންއާ އެންމެ ވާދަވެރި އިދިކޮޅު ކެންޑިޑޭޓު ނުކުންނެވީ އިދިކޮޅު ހަ ސިޔާސީ ޕާޓީއެއްގެ ތާއީދާއެކުއެވެ. އެ ހުރިހާ ޕާޓީއަކުން ވެސް އަތުކުރި އޮޅާލީ ތުރުކީ އަށް ބަދަލެއް ގެނައުމަށެވެ. މި އިންތިހާބުގައި 60 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެތެރެއިން 1.8 މިލިއަން މީހުންނަކީ އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުރުދުޣާނަށް ލިބިވަޑައިގަތީ %49.52 ވޯޓެވެ. އަދި އިދިކޮޅު ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ %44.88 ވޯޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރާއްޖެ

    އަލްޙަމްދުﷲ...

    108
  2. ރަތްގަލަން

    އަލްޙަމްދުލިއްލާހި. ﷲ އަކްބަރް.
    މަރްޙަބާ ރައީސް އުރުދުޣާން.

    112
    2
    • ައަޙްމަދު

      ألحمد لله
      ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ މަޤުބޫލު އިސްލާމީ ލީޑަރު

      43
  3. ގާދޫވާލުސޮރު

    އަލްޙަމްދުލިއްލާހި. ﷲ އަކްބަރް.
    މަރްޙަބާ ރައީސް އުރުދުޣާން.

    25
  4. ޅލ

    އަލްޙަމްދުލިއްލާހި. ﷲ އަކްބަރް.
    މަރްޙަބާ ރައީސް އުރުދުޣާން.

    13

    27
  5. ރެފްރީ

    الحمدلله

    32
  6. ޒަރީނާ

    ދިވެހިނެގެގަމާރުކަމުންނޭ ރައީސް މައުމޫނު ދޫކޮށްލީ

    16
    9
  7. ޢަބޫ

    އަލްޙަމްދުލިއްލާހި. ﷲ އަކްބަރް

    26
    • ޙަލީލު

      މަރުޚަބާ.

  8. މަގޭ

    އަލްޙަމްދުﷲ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިންތިޚާބުގައިވެސް ފެންނާނީ މި ނަތީޖާ. އިބްރާހީމް މުހައްމަދު ޞާލިޙް ކާމިޔާބު ކުރައްވާތަން.

    8
    35
    • ހަސަނު

      ގައުމު ދަރާއޮތް ވަރު ކުޑަވެގެންތަ؟؟؟؟

  9. ބޮޑޭ އަހައްމަދު

    الحمدلله މަރްޙަބާ ރައީސް އުރުދުޣާން.

    25
  10. އަހްމަދު

    އަލްޙަމްދުﷲ.

    18
  11. ޑިމޮކްރަސީ

    އަލްޙަމްދު ލިﷲ މަރުހަބާ ރައީސް އުރުދުޣާން ތިއީ އިސްލާމީ ބަތަލެއް

    29
  12. އަލީ

    އަލް ޙަމްދުލިﷲ

    21
  13. ރަން ރީނދޫ

    ޔޫރަޕް މީހުންނަށް ފިލާވަޅެއް ލިބިފައި މިހާރު އޮންނާނީ.

  14. މިއަދު

    ﷲ ގެ ހެޔޮ ރަހްމަތް ފުޅުގައި މަނިކްފާނު އަބަދުމެ ލައްވާށި. އާމީން. މުސްލިމް ލީޑަރުން ނަމޫނާ އަކަށް ބަލަންވީ ލީ ޑަރެއް. ރާއްޖެއިން ތުރުކީ ވިލާތާ ގުޅުންބަދަހިކުރުން އެދެން. ޚާއްސަ ކޮށް ރަގަލު މުސްލިމް ޖީލެއް އުފައްދަން އެގައުމުން ބޭނުންކުރާ ތައުލީމީ ސިޔާސަތު ތައްބަލާ ދަސްކުރުން މުހިއްމު

  15. ތަކުރު

    ألحمد لله