އިންޑިއާގެ ބިހާރްގެ ބަގަލްޕޫރްގައި ހަދަމުންދާ ބްރިޖެއްގެ ބައެއް ވެއްޓިއްޖެއެވެ.

މި ބްރިޖް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާއްމު ވެފައެވެ. އެގޮތުން އެ ވީޑިއޯއިން ބްރިޖްގެ ދެ ބައެއް ވެއްޓޭ މަންޒަރު ފެނިގެން ދެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

1،717 ކްރޯޑް ރުޕީސް ހަރަދުކޮށްގެން ތަރައްގީ ކުރަމުންދާ އަގޫވާނީ ސުލްތާންގަންޖް ގަންގާ ބްރިޖްގެ މަސައްކަތް ކުރިއަށްދާތާ އަހަރުތަކެއް ވެއްޖެއެވެ.

މި ބްރިޖްގައި ހަދާފައިވާ ދެ ބައެއް ވެއްޓުނުއިރު، އެ ބައި ވެއްޓުނީ ކިހިނެއް ވެގެން ކަން ސާފެއް ނުވެއެވެ.

މި ބްރިޖްގެ ބައިތައް ވެއްޓިފައި ވަނީ އިއްޔެ ހަވީރު 6:00 އެހާކަންހާއިރުއެވެ.

ބިހާރުގެ ޗީފް މިނިސްޓަރ ނިތީޝް ކުމާރު ވަނީ އެ ހާދިސާ ތަހުގީގު ކުރަން އަންގާފައެވެ. އަދި ބްރިޖް ވެއްޓެން މެދުވެރިވީ ކޮން ބައެއްގެ ސަބަބުން ތޯ ދެނެގަތުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބްރިޖުގެ ބައިތައް ވެއްޓުނީ ގަންގާ ކޯރަށެވެ.

މީގެ ކުރިން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އައި ތޫފާނަކާ ގުޅިގެން މި ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އަދި މީގެ ދެ އަހަރު ކުރިން ވެސް ބްރިޖުގެ ބައެއް ވަނީ ވެއްޓިފައެވެ.

މި ބްރިޖުގެ އަމަލީ މަސައްކަތް 2014 ވަނަ އަހަރު ފެށިއިރު، ބްރިޖުގެ އަމަލީ މަސައްކަތް ނިންމުމަށް ކުރިން ހަމަޖެހިފައި ކުރިން އޮތީ 2019 ވަނަ އަހަރުގައެވެ. 3،116 މީޓަރުގެ މި ބްރިޖުގައި ހުންނާނެ ކަމަށް ވެއެވެ.

އިންޑިއާގެ ސަރުކާރުން އުންމީދު ކޮށްގެން ތިބީ މިއަހަރުގެ ފަހުކޮޅު ނޮވެމްބަރު-ޑިސެމްބަރުގެ ތެރޭގައި ބްރިޖް މަސައްކަތް ނިމޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާަމަރީ

    މީ އިންޑިޔާއިން އަޅ ބްރިޖްޣެ ޙާލަތު.. މިޤައުމްގަވެސް އޮޔާލައްގަނީ ބުޑިތައްވެސް

    25
    1
  2. ޗޯރު

    ރާއްޖޭގައި އަޅަމުން ދަނީވެސް ތިކަހަލަ ބުރިޖެއް ފާކައްޓެއް ދިއުޅިއެއް އެކުނުވާ މީހުންލައްވާ ހަދައި ލާރިގަނޑު ކެއުން ނޫންކަމެއް ނުކުރޭ

    29
  3. ްއަލީ

    އިންޑިޔާގައި ކޯރެއްގައި އެޅި ބުރިޖް ވެއްޓުނީ...
    ރާއްޖޭގައި އިންޑިޔާއިން ބުރިޖް އަޅަނީ ކަނޑުގައި...
    ކިހާވަރެކުން ދާނެބާ،،،

    17
  4. މާލަސް

    އިންޑިއާ އިން ރާއްޖޭގައި އަޅާ ބުރިޖު ވެއްޓި ރައްޔިތުންނާއި މުދަލަށް ގެއްލުމެއް ވެއްޖެނަމަ، އިންޑިއާ އާއި މި ޕްރޮޖެކްޓް ހަވާލުކުރި ޤައްދާރުން ހަވަރަށްދީ ވޭންދެނި އުޤޫބާތެއް ތަންފީޒުކުރުވަންވާނެ.

  5. Anonymous

    ތިލަ ފެންކޯރެއްގައި ބުރިޖެއް ނޭޅޭ ބަޔަކު މި ރާއްޖޭގެ ގަދަޔަށް އޮއިދެމޭ ކަނޑެއްގައި ބުރިޖެއްއަޅަން އައިސް ދަޢުލަތް ދަވާލައިގެން ހަޑިހާވާތާ މިހާރު 5 އަހަރުވެގެން ދަނީ އަދި އެއް ކުރާ މަސައްކަތެއް ފެންނަންނެތް މިރާއްޖޭގެ ކަނޑާއި، ފަރުތަކަށް ދަގަނޑު އަޅައި ހަލާކުކުރުން ފިޔަވައި.