އިންޑިއާގައި އަންހެނެއްގެ ކަރު ބުރިކޮށް އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާގެ ތެލަންގަނާގެ ވިކަރަބާދު ޑިސްރިކްޓުގައި އެ އަންހެން މީހާ މަރާލާފައި ވަނީ ލޮލަށް ކަށިގަނޑެއް ޖެހުމަށް ފަހު ކަރު ވެސް ބުރިކޮށްލައިގެންނެވެ.

އުމުރުން 19 އަހަރުގެ ޖުއްޓޫ ސިރިޝާ މަރާލުމަށްފަހު އެއްލާލާފައި ވަނީ ފެންގަނޑެއްގެ ތެރެއަށެވެ.

އެ ސަރަހައްދުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ އަންހެން ކުއްޖާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރުއެވެ. އޭގެ ފަހުން އެސަރަހައްދުގެ މީހުންނަށް އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެސަރަހައްދުގައި ހުރި ފެންގަނޑެއްގެ ތެރެއިންނެވެ.

ޖުއްޓޫ ސިރިޝާގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ،

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ މެއި މަހު 29 ވަނަ ދުވަހުވެސް އިންޑިއާގައި އަންހެނަކަށް ވަޅިން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައިވަނީ އާންމުންގެ ތެރޭގައެވެ. މިއަހަރު ފާއިތުވީ ފަސް މަސް ދުވަހުގެތެރޭ އެކި ކަންކަމާއި ގުޅިގެން އަންހެނުން މެރުމުގެ ގިނަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ސާވޭއަކުން ދައްކާގޮތުން އިންޑިއާއަކީ އަންހެނުންނަށް އަމާން ވެއްޓެއް ނޫނެވެ. އަންހެނުންނަށް އަނިޔާކޮށް މެރުމަކީ އިންޑިއާގައި އާންމު ކަމެކެވެ. އަންހެނުން ފިރިހެނުން ތަފާތު ކުރުމުގެ ސަގާފަތް އިންޑިޔާގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ގެންގުޅެއެވެ. އެހެންކަމުން އަންހެންކުއްޖެއް ލިބިއްޖެ ނަމަ ކުއްޖާ މަރާލާ މައްސަލަ އިންޑިއާ އިން ވަރަށް ގިނައިން ފެންމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންހެނުންނަށް އަމާންވެއްޓެއް ބިނާ ކުރުމުގެ ޒިންމާ އަކީ އެންމެންގެ ބޮލުގައިވެސް އޮތް ޒިންމާއެއް…ފުރަތަމަ ކަމަކީ އެފަދަ ކަމަކަށް ހުށަ ނޭޅުން…އެކަން މިކުރަނީ އަންހެން މީހާގެ އަމިއްލަ އިހްތިޔާރު ގަ އޭނަ ގިނަފަހަރަށް…ބައެއް ފަހަރު ގޭތެރޭގެ މައްސަލަތަކުގައިވެސް އަންހެނުންނަށް އެކި ވަރުގެ އަނިޔާ ލިބޭ…މިކަމަށް ހުށަހެޅެނީވެސް އަންހެން މީހާ…އަދި އެ ހާލަތު އުފައްދަނީވެސް ގިނަފަހަރަށް އަންހެން މީހާ…މިހެން ބުންޏަސް ހުރިހާ ފަހަރަކު އަންހެންމީހާގެ ކުށް އޮވެގެނެއްނޫން އަންހެނުނަށް އަނިޔާ ލިބެނީކީ…އެހެނަސް އަހަރެން މިހެން މި ބުނަނީ ހަމަ އަންހެނުންނަށް ހެޔޮ އެދިގެން…ސިކް ފިރިހެނާއަށް އަނިޔާ ކުރުމުގެ ފުރުސަތު ބަންދު ކުރުމަށްވުރެ މޮޅު ގޮތެއް މިކަމުގައި ނޯންނާނެ…އެހެންވީމަ ފުރަތަމަ އަނެކާ ކުށްވެރި ނުކޮށް ތިމާ ގެ މިސްޓޭކް ދެނަގަންނަން ފެނޭ…އަންހެނުން ހިލޭ ފިރިހެނުން ގާތަށް ވަގަށްގޮސް ހެދުމާއި ފިރިހެނުންނާއި އެކު މަޖާކޮށް ކޮފީތަކަށް ދާން ބޭނުންވާނަމަ އެމީހުންގެ ފުށުން ލިބޭ އަނިޔާތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް…ކުރުގޮތަކަށް ބުނާނަމަ އަންހެނުން އެގޮތަށް އުޅޭނީ އެއަނިޔާއަށް ރުހޭތިއްޔޭ…ނޫން ނަމަ ދިއުމުގެ މާނައެއް ނެތް…

    13
    3
    • ސިމްޕް

      އެގޮތައް އުޅޭ އަންހެނުން ދޫކޮއްލާކަށްް ނުކެރޭ އަނިޔާ ކުރުން ރަނގަޅޭ ތިކިޔަނީ ތީބޮޑު ފިނޑިއެއް