ކީރިތި ގުރުއާން އެންދުން ކްރިސްޓިއަން ރޯމަން ކެތޮލިކު ޗާޗުގެ އެންމެ އިސް މީހާ އަދި ޕޯޕް ފްރޭންސިސް ވެސް ކުށްވެރިކޮށްފިއެވެ.

ޔޫއޭއީގެ އަލް އިއްތިހާދަށް ދެއްވި އިންޓަވިއުއެއްގައި ޕޯޕް ބުނީ މާތް ވެގެންވާ އެއްވެސް ފޮތެއް އެންދުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި ގުރުއާން އެންދުމުން އެކަމާ ވަރަށް ބޮޑަށް ޕޯޕް ނުރުހުން ފާޅުކުރިއެވެ.

"އަޅުގަނޑު މި ހުރީ ރުޅި އައިސްފައި އެ އަމަލާ ދޭތެރޭ" ޕޯޕް ވިދާޅުވި އެވެ.

ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން އެންދީ އީދު ދުވަހު ސްވީޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ.

އުމުރުން 37 އަހަރުގެ ސަލްވަންއަކީ ކުރިން މުސްލިމެކެވެ. އަދި އޭނާ ވަނީ އިރާގުން ސްވީޑަންއަށް ހިޖުރަކޮށް ސްވީޑަންގެ ރައްޔިތުކަން ހޯދައިފައެވެ.

ސަލްވަން ބުނާ ގޮތުން އޭނާ މިހާރު އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ.

އޭނާ ވަނީ ގުރުއާން އެންދުމުގެ ކުރިން ގުރުއާނަށް އޫރުގެ މަސް ވެސް އަޅައި އަދި ފައިން ވެސް އަރައިފައެވެ.

ސަލްވަން ބުނީ ގުރުއާން އެންދުމުގައި އޭނާގެ ގާތްތިމާގެ މީހުންގެ ތެރެއިން ސްވީޑަންގައި ދިރިއުޅޭ މީހުން ވެސް ބައިވެރިވާން ބޭނުންވާ ކަމަށެވެ.

ގުރުއާން އަންދަން ބޭނުންވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަށަވަރު ކުރަން ކަމަށާއި ހިޔާލު ފާޅުކުރުން ހުއްޓުވައިފި ނަމަ އެންމެންނަށް ވެސް އޭގެ ނުކުރައްކާ އޮންނާނެ ކަމަށް ސަލްވަން ބުންޏެވެ.

ސަލްވަން މޮމިކާ އީދު ދުވަހު ގުރުއާން އެންދިއިރު ސްވިޑަންގެ ފުލުހުން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވެ.

ސަލްވަން މޮމިކާ ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ގުރުއާން އެންދި މައްސަލައިގައި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބުން

    މިރާއްޖެ ވަކިންރަނގަޅެއްނޫނެވެ.މިސްކިތްތަކަށާއި ޚަތިމުތަކަށް ކުޑަކަމުންދިޔަފަރާތްތަކަށް އެޅުނީކޮންފިޔަވަޅެއްތޯއެވެ.އެކަން ކުރިމީހުންވީ މޮޔައިންނަށެވެ.

    57
    2
  2. Anonymous

    ޝައިހާބު ކިޔާ ސޮރެއްގެ ކަންތައް މިސަރުކާރަށް އެނގުނު ބާ. އެނގިގެންވާ ފިޔަވަޅު އެޅޭނީވެސް

    19
    1
  3. Anonymous

    ތިއީ ޕޯޕްމެން އަޑީގައި ތިބެގެން ކުރުވާ ކަމެކޭ.

    9
    8
  4. ޖުހާ.

    މިމީހުން އިސްލާމްދީނަށް ވަދެގެން ދެން މިދީނަށް ނަސްރެއްލިބޭނީ. މިއުޅޭ ކަންދަހާރު މުއްލާތަކުގެ ނުބައިކަމުން މުސްލިމުންނަށް ސަލާމަތްވެވޭނީ ވެސް އޭރުން.

    1
    10
  5. ޝައިޚް

    މާތްﷲ ބާވާލެއްވި ފޮތްތަކުގެތެރެއިން ބާވަލެއްވިގޮތަށް އަކުރުންއަކުރަށް ފިލިން ފިއްޔަށް ބަދަލެއް ނާސް އޮތް ފޮތަކީ ކީރިތި ޤުރުއާނެވެ. އެހެން ހުރިހާ ފޮތްތައް އެފޮތްތަކުގެ އަހުލުވެރިން ބޭނުންވާގޮތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެހެންކަމުން ބާވާލެއްވި މުޤައްދަސް ފޮތަކަށް މިހާރު އޮތީ ކީރިތި ޤުރުއާނެވެ. ކީރިތި ޤުރުއާނަށް އިހާނެތްތެރި ބައިވަރު މީހުން ދިވެހިންގެތެރޭގައިވެސް އެބަ ތިއްބެވެ.

    23
    1
  6. މުންޑު އުއްޗު

    ޤުރުއާން އެންދުމަށް ހުއްދަދިން ސްވިންޑްގެ ކޮންސިއުލަރ އޮފީސް ތަކުގެ ދޮށުގައި ސްވިޑްންގެ ދިދަ އާއި އެޤައުމުގެ ރަސްގެފާނުގެ ފޮޓޯ އަންދަންފެނޭ

    13
    2