އެމެރިކާގެ އަލަސްކާ ސްޓޭޓް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި އަލަސްކާ ޕެނިންސިއުލާ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އަައިސްފައެވެ.

ޔޫއެސްޖީއެސް އިން ބުނީ ބިންހެލުން އައިސްފައިވަނީ 9.3 ކިލޯމީޓަރު (5.78 މޭލު) އަޑިން ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ވަނީ ސުނާމީގެ އިންޒާރުވެސް ނެރެފައެވެ.

އަލަސްކާ އަކީ ސިސްމިކްލީ އެކްޓިވް ޕެސިފިކް ރިންގް އޮފް ފަޔާގެ ބައެކެވެ.

1964 ވަނަ އަހަރުގެ މާރިޗް މަސް ތެރޭގައި އަލަސްކާއަށް 9.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައެވެ. މިއީ އުތުރު އެމެރިކާގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ. އޭގެ ސަބަބުން އެންކަރޭޖް ހަލާކުވެ، ގަލްފް އޮފް އެލަސްކާ އާއި އެމެރިކާގެ ހުޅަނގު އައްސޭރިފަށާއި ހަވާއީ ހިސާބުގައި ސުނާމީއެއް އުފެދުނެވެ.

އަދި އެފަހަރުގެ ބިންހެލުމާއި ސުނާމީގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު