ޗައިނާއާ ދެކޮޅަށް ސަޕޯޓް ހޯދުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިކަން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ވަޑައިގަންނަވަން ފަށައިފިއެވެ.

އެގޮތުން ބްލިންކަން އެންމެ ފުރަތަމަ ވަޑައިގެންނެވީ އިންޑޮނޭޝިއާއެވެ.

ބްލިންކެން ވިދާޅުވީ މިއީ އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑުގައި ޗައިނާގެ ކޮޅަށް ދެކުނު އިރުމަތީ އޭޝިއާއާ ކޮޅަށް ޖެހުނަ ނުދިނުމަށް މަސައްކަތް ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ބްލިންކެން ވިދާޅުވީ ބޭނުންވަނީ ގައުމުތަކުން އަމިއްލައަށް ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ބާރު އެޅުމަށް ކަމަށެވެ.

އަންނަ ހުކުރު ދުވަހު ބްލިންކެން ސިންގަޕޫރުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއާން ބާލަކްރިޝްނާން ވިދާޅުވީ ވަކި ކޮޅަކަށް ޖެހެން ބޭނުންނުވާ ކަމަށާއި އަދި އެހެން ގައުމެއްގެ އަމުތައް ތަބާވާ ގައުމަކަށް ވެސް ބޭނުންނުވާ ކަމަށެވެ.

"ބޭނުމެއް ނޫން ކުރީގެ ފިނި ހަނގުރާމައިގެ ދުވަސްތަކަށް އަނބުރާ ދާކަށް. އޭރު ދެކުނު އިރުމަތީ އޭޝިއާ އޮތީ ބައިބައިވެފައި" ވިވިއާން ވިދާޅުވިއެވެ.

ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ރަށްތަކެއް ހިއްކަމުން ދިއުމެވެ.

ޗައިނާ އާއި ޓައިވާން ގުޅުން ވަރަށް ބޮޑަށް ގޯސްވެ ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެނައުމަށް މަސައްކަތް ކުރަމުންދާ އިރު ދެކުނު ޗައިނާ ކަނޑުގައި ގާއިމު ކުރި ރަށްތައް ޗައިނާއަށް ސްޓެރެޓެޖިކް ގޮތުން ވަރަށް މުހިންމެވެ.

ޗައިނާއިން ދޭތެރެ ދޭތެރެއިން ގެންދަނީ ޓައިވާން ވަށާލައި ބޮޑު އަސްކަރީ ޑްރިލްއެއް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Jung

    ފަހު ޒަމާނުގެދައްޖާލުވެސް މިހާކަންހަވަރު ވާނީ.ދުނޖޔެ ބައްކުރަން ވެގެން އުޅޭ ފާޑު.

  2. ކަހަނބު

    ޗައިނާއަކީ ދުނިޔޭގެ ސުޕަޕަވަރު ކަލޭގެ ގައުމުގެ މަތިގާ ޗައިނާއިން ފޮނުވި ފުއްޕާހަމެއް އެތަކެއްދުވަހު އުޅުނުއިރުވެސް ނޭނގެ ތިވަރު ކަނޑުކޮހުން މިދުނިޔޭގަ ސުޕަޕަވަރަށް ވުމަށް ދައުވާކުރަން އުޅުމަކީ ލަދުވެތިކަމެއް.