އިންޑިއާ ރަޖަސްތާނުގެ ޖޭކޭ ލޮން ހޮސްޕިޓަލުގައި އަލިފާން ރޯވުމުގެ ސަބަބުން، އެ ހޮސްޕިޓަލުގެ ދެ ވޯޑެއްގައި ތިބި 30 ކުދިން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހޯމަ ދުވަހުގެ ރޭގަނޑު އެ ހޮސްޕިޓަލްގެ ދެ ވޯޑްގެ އޭސީން ފުން އަރާތީ އެ ތަނުގެ ސްޓާފުންނަށް އެނގިގެން ދިޔައެވެ.

"ރެސިޑެންޓް ޑޮކްޓަރުންނާއި ނާސިން ސްޓާފުން ވަގުތުން އެލާޓް ނެރުނު. އަދި ދެ ވޯޑެއްގައި އެޑްމިޓްކޮށްފައިވާ 30 ކުއްޖަކު ހޮސްޕިޓަލުގެ އެހެން ވޯޑުތަކަށް ވަނީ ބަދަލު ކޮށްފައި. ".ހޮސްޕިޓަލްގެ ސުޕްރިންޓެންޑެންޓް ޑރ. ކެއިލާސް މީނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަަށް ވެއެވެ.

ޑރ. މީނާ ވިދާޅުވީ އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނުގެ އެހީގައި ހޮސްޕިޓަލުގެ މުވައްޒަފުން އަމިއްލައަށް އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ. އަދި އެ އަލިފާންގަނޑު ނިއްވާލެވުނު ކަމަށްވެސް ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ވޯޑަކީ ދާދި ފަހުން ހަދާފައިވާ ކުޑަކުދިންގެ ވޯޑެކެވެ. އެތަނުގައޮ ރޯވުމުން އެކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގޯސްތަކެއް ފެނިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު