ޕާކިސްތާނުގެ ޕެރަމިލިޓަރީ ފޯސްގެ ވެހިކަލްއަކަށް ހަމަލާދީ ހަ މީހަކު ޒަހަމްކޮށްލައިފިއެވެ.

އެ ހަމަލާ އަމާޒުވީ ޕާކިސްތާނުގެ ބަލޯޗިސްތާނާއި އަދި ހައިބަރު ޕަޚްތޫނުންވާ ސަރަހައްދު ބަލަހައްޓާ ޕިޝާވަރު ވިންގް ކޯޕްސްއަށެވެ.

އެ ހަމަލާ އަމާޒުވީ އިއްޔެ އެ ވެހިކަލް ޕާކިސްތާނުގެ ޕިޝާވަރުގެ ހަޔާތު އާބާދުގެ ފޭސް ހަޔަަކުން ދަތުރުކުރަމުން ދަނިކޮށެވެ.

ޕިޝާވަރުގެ އެސްއެސްޕީ ހާރޫން ރަޝީދު ވިދާޅުވީ އެ ހަމަލާ ދިނީ ގޮވާތަކެތި އަޅާފައި ހުރި ވެހިކަލްއެއް ބޭނުންކޮށްގެން ކަމަށެވެ.

މީގެ ކުރިން ޕިޝާވަރުގެ ފުލުހުން ވަނީ އެ ހަމަލާ ދިނީ ޖާނުން ފިދާވެގެން ކަމަށް ވެސް ބުނެފައެވެ.

ހަޔާތު އާބާދުގެ މެޑިކަލް ކޮމްޕްލެކްސް ޕްރޮފެސަރު ޝެހެޒާދު އަކުބަރު ހާން ވިދާޅުވީ އެ ހަމަލާގައި ޒަހަމްވި ދެ މީހަކު ހޮސްޕިޓަލަށް ގެނައި ކަަމަށާއި އެ ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ.

އޭނާ ވިދާޅުވީ ބާކީ ތިބި މީހުން މިލިޓަރީ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ތަހުރިކީ ޖިހާދު ޕާކިސްތާނުން ވަނީ ނަގައިފަ އެވެ. އެ ޖަމާއަތަކީ ޕާކިސްތާނުގެ އެހެން ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ތަހުރިކީ ތަލިބާން ޖަމާއަތުން ވަކިވެ ގަނެގެން އުފައްދައިގެން އުޅޭ ޖަމާއަތެކެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލްވާލް ޒަރުދާރީ ވަނީ އެ ހަމަލާ ކުށްވެރިކުރައްވައިފައެވެ. އަދި އެ ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު