އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަކާންދުގައި ކަރަންޓުގައި ޖެހުނު ކަމަށް ބެލެވޭ 16 މީހުން މަރުވެ އިތުރު ހަ މީހަކު ޒަހަމްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިމާލިއަން ސްޓޭޓްގެ ޗަމޯލީ ޑިސްޓްރިކްޓްގައި ގާއިމުކޮށްފައިވާ ނަރުދަމާ ޓްރީޓްމަންޓް ޕްލާންޓެއްގެ ތެރޭގައެވެ. މިއީ ގަންގާ ކޯރު ހިމާޔަތް ކުރުމަށް ފެޑެރަލް ސަރުކާރުގެ ފްލެގްޝިޕް ޕްރޮގްރާމެއްގެ ދަށުން ގާއިމް ކުރި ޕްލާންޓެކެވެ.

މަރުވި މީހުންގެ ތެރޭގައި ފުލުހަކާއި ހޯމްގާޑުގެ ތިން މީހަކު ހިމެނެއެވެ. އެ މީހުން މަރުވީ ފުލުސް މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އިންކުއަރީއެއް މިހާރު ވަނީ ފަށައިފައެވެ.

"ހާދިސާ ހިނގި ގޮތް ސާފުވާނީ ތަހުގީގަށް ފަހު، އެކަމަކު ބޮޑަށް ބެލެވެނީ މިކަން ހިނގާފައި ވަނީ ކަރަންޓުގައި ޖެހިގެން ކަމަށް،"، އެ ސަރަހައްދުގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ހިމަންޝޫ ކުރާނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު